ޚަބަރު ސިޔާސީ

އިންތިޚާބަކާ ނުލައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 6 ގޮނޑި ކަށަވަރު ވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ 6 ދާއިރާއެއްގެ ގޮނޑި އިންތިޚާބަކާ ނުލައި ކަށަވަރުވެއްޖެއެވެ.

Ads by Sosun Fihaara

އިތުރު އެހެން މެމްބަރަކު ކުރިމަތިލާފައި ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުން ގޮނޑި ކަށަވަރުވެފައި ވަނީ ހިންނަވަރު ދާއިރާގެ ގޮނޑި ކަށަވަރު ކުރެއްވި ޅ. ހިންނަވަރު، މޫންލައިޓް، އާދަމް ޔޫސުފާއި އިސްދޫ ދާއިރާގެ ގޮނޑި ކަށަވަރު ކުރެއްވި ލ. މައިބައިދޫ، ވައިމަތީގެ، އަހްމަދު ޝުހާދާއި ހޯރަފުށީ ދާއިރާގެ ގޮނޑި ކަށަވަރު ކުރެއްވި ހއ. ހޯރަފުށި، ހުސްނުހީނާގެ، އަރުޝަދު އަޝްރަފާއި ކޮމަންޑޫ ދާއިރާގެ ގޮނޑި ކަށަވަރު ކުރެއްވި ށ. ކޮމަންޑޫ، ވިލުދޮޅި، މުހައްމަދު ޖަލާލާއި ފުވައްމުލަކު އުތުރު ދާއިރާ ރައީސް ކަމުގެ ގޮނޑި ކަށަވަރު ކުރެއްވި ފުވައްމުލަކު، ގޮމަތަނަގެ، އިބްރާހިމް ސައީދު މުހައްމަދާއި މާފަންނު އުތުރު ދާއިރާ ރައީސް ކަމުގެ ގޮނޑި ކަށަވަރު ކުރެއްވި މުހައްމަދު ޒިޔާދު (ޒިޔައްޓެ)އެވެ.

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފޯރިއާއެކު ކެމްޕޭންތައް ކުރަމުން އަންނައިރު ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ ޕާޓީގައި ވަނީ ދެ ފެކްޝަނެއް އުފެދިފައިކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ

އިންތިޚާބަކާ ނުލައި އެޕާޓީގެ ގައުމީ މަޖިލީހުގެ 6 ގޮނޑިއެއް ކަށަވަރުވެފައިވާއިރު އިތުރު ކެނޑިޑޭޓަކު ކުރިމަތި ލައިފައި ނުވުމުގެ ސަބަބުން ވޯޓަކާ ނުލައި 165 ދާއިރާއަކަށް މިހާރު ވެސް ވަނީ ކެނޑިޑޭޓުން ހޮވިފައެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 90،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. މި އިންތިހާބުގައި 455 މަގާމަކަށް މީހުން ހޮވަން ވަނީ ނިންމައިފައެވެ. މި 455 ދާއިރާއަށް 700 އަށް ވުރެ ކެނޑިޑޭޓުން ވާދަކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!