އައްޑޫގައި ވަޅިން ހަމަލާ ދީ މީހަކު ޒަހަމްކޮށްލައިފި

އައްޑޫސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފިއެވެ.
މި ހާދިސާގެ ފޮޓޯތައް މީސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ އޮތީ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފައެވެ. އަދި އެ ފްލެޓް ތެރޭގައި ވެސް ގިނަ އަދަދެއްގެ ލޭހުރި ތަން ފެނެއެވެ.
މި ހާދިސާ އާ ގުޅިގެން ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާ ދީ މީހަކު ޒަހަމް ކޮށްލާފައިވާކަމުގެ މަޢުލޫމާތު މިއަދު 12:08 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާ ވެފައިވަނީ 29 އަހަރުގެ ފިރިހެނަކަށް ކަމަށާއި އެމީހާއަށް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން ދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާ ޒަހަމްކޮށްލީ އޭނާ ދިރިއުޅޭ ފްލެޓްތެރޭގައި ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހާކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.
ސުބުޙާނަﷲ ކިހިނެއް މިވަނީ