ސިޔާސީ

ޖޭއެސްސީ ބަދަލު ކުރަން އިސްލާހެއް ލާންވީ، އެކަމަކު އިސްލާހުގައި ލިޔާނެ އެއްޗެއް މެނިފެސްޓޯގައި ނެތް: ރައީސް ނަޝީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަދަލު ކުރަން މާދަމާ ވެސް އިސްލާހެއް ލާންވީ ކަމަށާއި އެހެން ނަމަވެސް އެ އިސްލާހުގައި ލިޔާނެ އެއްޗެއް މެނިފެސްޓޯގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު މިހެން ވިދާޅުވީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އެމްޑީޕީން ވައުދުވި ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސެޕް ގްރޫޕުގައި އެ ޕާޓީގެ މަޖިލިސް މެންބަރަކު މިއަދު ވިދާޅުވުމުންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީ ބަދަލު ކުރަން އިސްލާހުގައި ލިޔާނެ އެއްޗެއް މެނިފެސްޓޯގައި ނެތް ކަމަށާއި މެނިފެސްޓޯގައި ބުނަނީ އެކުލެވޭ ގޮތް ބަދަލު ކުރުން އެކަނި ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެ ކޮމިޝަންގައި އެމަނިކުފާނު އިންނަވަން ނުޖެހޭ ކަމަށެވެ.

Ads by HDC
  1. ޚަމަނަ

    ކޮންމެ އެއްޗެއް މެނިފެސްޓޯގަ އޮންނަން ޖެހޭތަ
    ކާނެގޮތާ ބޯނެ ގޮތްވެސް ހާދަ ހެއްވަޔޭ ދޯ

  2. ފޫހި

    ޢެއީބާވާލެއްވިި އެއްޗެއްތ؟