މެންބަރު މުހްސިންއާއި ނަޝީދަށް ފައިސާ ދޭން އެއްބަސް ވެފައެއް ނުވާނެ: އެމްއެންޕީ
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)އަށް ފައިސާ ދޭން އެއްބަސްވެފައި ނުވާނެ ކަމަށް އެމްއެންޕީން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިލިމާލެ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ އެއް ފައުންޑިން މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ، އެމްއެންޕީ އުފެއްދުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން މެންބަރުންގެ މެދުގައި ލިޔުމެއްގައި ސޮއި ވެސް ކޮށްފައިވާ ކަމަށެވެ.
މެންބަރު އުޝާމް އިތުރަށް ވިދާޅުވީ، އެމްއެންޕީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅީ ވެސް ފަސް މެންބަރުންގެ ނަމުގައި ކަަމަށާއި ނަމަވެސް ޕާޓީއެއް ރަޖިސްޓަރީ ކުރެވޭނީ އެއް މެންބަރެއްގެ ނަމުގައި ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.
"ފަސް މެންބަރުންގެ ނަމުގައި ޕާޓީއެއް ރަޖިސްޓާ ކުރުމުގެ ފުރުސަތެއް ނުލިބުނު. އެ ސަބަބަށް ޓަކައި އަޅުގަނޑުގެ ނަމުގައި ޕާޓީ އުފެއްދީ. އެ ފަސް މެންބަރުން އެއްބަސްވީ އެކަކު ހުށަހަޅާ ނަމަ ހުށަހަޅާނީ އަޅުގަނޑުގެ ނަން ކަމަށް" މެންބަރު އުޝާމް ވިދާޅުވިއެވެ.
އޭގެ ފަހުން ޕާޓީގެ ޖަލްސާތަކާއި އެހެން ހަރަކާތްތަކުގައި ވެސް ޖޭފޯއާއި މޮސްޓާ ބައިވެރިވި ކަމަށާއި ނަމަވެސް ފައިސާ ނުދީގެން އެއްވެސް ހިތްހަމަ ނުޖެހުމެއް ފާޅުކޮށްފައި ނުވާ ކަމަށް ވެސް މެންބަރު އުޝާމް ވިދާޅުވިއެވެ.
އަދިތިކަހަލަ ކިތަންމެ ވަހަކައެއްގެ އަޑުއިވޭނެ ކަމަށް ލަފާކުރެވޭ