ބޮލީވުޑް

ސައި ބުއިން ހުއްޓައިލެވުނީ ވަރަށް އުނދަގުލުން، ވަރަށް ބޮލުގައި ރިއްސި: ދިވްޔާންކާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓެލެވިޝަން އެކްޓްރެސް ދިވްޔާންކާ ތުރިޕާޓީ ދަހްޔާއަކީ މި ފަހަކަށް އައިސް އެންމެ ގިނަ ބަޔަކު އެމީހެއްގެ ވާހަކަ ދައްކަމުންދާ ކުޅަދާނަ ފަންނާނެކެވެ.

Ads by STELCO

ރިއަލިޓީ ޝޯ "ޚަތުރޯ ކޭ ކިލާޅީ"ގައި އޭނާ ދައްކުވައިދިން ހިތްވަރާއި، މަޝްހޫރު ޑްރާމާ ސީރީޒް "ބަޅޭ އައްޗޭ ލަގްތޭހޭ 2" ނުކުޅެން ދިވްޔާންކާ ނިންނި ނިންމުމުގެ ސަބަބުން ވެސް އެތައް ބަޔަކު އޭނާއަށް ތައުރީފާއި ސަނާ ކިޔައިފައިވެއެވެ.

ދާދި ފަހުން ދިން އިންޓަވިއު އެއްގައި ދިވްޔާންކާ ވަނީ، ފިލްމީ ދާއިރާއަށް ޓަކައި އޭނާ ވީ ތަފާތު ޤުރުބާނީއެއްގެ ވާހަކަ ހިއްސާ ކޮށްފައެވެ. އެގޮތުން ދިވްޔާންކާ ބުނީ، އޭނާއަކީ ކުރިން ވަރަށް ގިނައިން ސައި ބުއި މީހެއް ކަމަށާއި ދުވާލެއްގެ މައްޗަށް 8-10 ވަރަކަށް ސައި ތަށި ބޮއެ އުޅުނު ކަމަށެވެ.

ދިވްޔާންކާ ބުނީ ޝޯބިޒްއާ ގުޅުމަށް ފަހު ސައި ބުއިން ހުއްޓައިލުން ވެގެން ދިޔައީ އޭނާއަށް ވަރަށް އުނދަގުލުން ކުރެވުނު ކަމެއް ކަމަށެވެ.

"ދިރިއުޅުމުގައި އެންމެ އުނދަގުލުން ކުރެވުނު އެއް ކަންތައް ސައި ބުއިން ހުއްޓައިލުމަކީ. އެކަމަކު އެކުވެރިއަކަށް އެހީތެރިވުމުގެ ގޮތުން ސައި ބުއިން ހުއްޓައިލީ. ވަރަށް ބޮލުގައި ވެސް ރިއްސި އެއިރު" ދިވްޔާންކާ ބުނެފައިވެއެވެ.

ދިވްޔާންކާ ބުނީ އޭނާ ސައި ބުއިން ހުއްޓައިލީ "ޔޭ ހޭ މޮހައްބަތޭން"ގެ ޝޫޓިން ތެރޭގައި އެހެން އެކްޓަރަކު ވެސް ވަކި ޑަޔަޓަކަށް އުޅެން ޖެހި، ސައި ބުއިން ހުއްޓައިލަން ޖެހުމުން، އޭނާއަށް އެހީވުމުގެ ގޮތުން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!