ޚަބަރު ސަރުކާރު

ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސް އެނބުރި ވަޑައިގަންނަވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

Ads by MWSC

ރައީސްގެ މިދަތުރުފުޅަކީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ތަގްރީރް ކުރައްވައިފައެވެ. މިގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވާހަކަފުޅު ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހީންނަށް މިނިވަންކަން ލިބުނުތާ 56 އަހަރު ފަހުން އެމަނިކުފާނު އާންމު މަޖިލީހުގައި ވާހަަކަ ދައްކަވަނީ ދިވެހިންގެ މާދަރީ ބަހުން ކަމަށާ ދިވެހި ބަހަކީ ދިވެހިންނަށް އަސަރުގަދަ އަދި އެންމެ ފޮނި ބަސް ކަަމަށެވެ. އަދި ދިވެހި ބަހުން އެ މަޖިލީހުގައި ވާހަކަ ދެއްކެވުމަކީ ހުރިހާ ދިވެހިންނަށް ލިބިގެންދާ މަތިވެރި ޝަރަފެއް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އިސްތިއުމާރީ ބާރުތައް ރޫޅެމުން ދިޔަ އެ ދުވަސްވަރު، ކުދި ގައުމުތަކުން އދ.އާ ގުޅުމަށް ބޮޑެތި ގައުމުތަކުން ރުހޭނެ ކަމާ މެދު އޭރު ޝައްކު އުފެދިފައިވާ ކަމަށާއި އެހެން ނަމަވެސް މިއަދު މަޖިލީހުގެ ރިޔާސަތާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ގެންދަނީ ދިވެހި ބަހުން ކަމަށެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި ރައީސް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއާ ބަައްދަލު ކުރައްވައި ރާއްޖެ އައުމަށް ދައުވަތު އަރުވައިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!