ބޮލީވުޑް މުނިފޫހިފިލުވުން

ނޯ މާސްކް ނޯ އެންޓްރީ"އަށް ކަންގަނާ ކަންކުރީ އިންތިހާބަށް ފަހު ޕާޓީތަކުން އާއްމުންނާ މެދު ކަންކުރާ އުސޫލުން"

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ކަންގަނާ އެއާޕޯޓްގައި

"ނޯ މާސްކް ނޯ އެންޓްރީ " ބޯޑަށް ކަންގަނާ ރަނާވަތުގެ ރިއެކްޝަން އައީ އިންތިހާބަށް ފަހު ޕާޓީތަކުން އާއްމުންނާ މެދު ކަން ކުރާ އުސޫލުން ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އޭނާއަށް ބޮޑެތި ފާޑު ކިޔުންތަކެއް ކިޔަން ފަށައިފިއެވެ.

Ads by Sosun Fihaara

އަންގާރަ ދުވަހުގެ ހެނދުނު މުމްބާއި އެއާޕޯޓުގައި ޕަޕަރާޒީންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ދިނުމަށް ފަހު އެއާޕޯޓް އެތެރެއަށް ވަދެގެން ދިޔައިރު ކުރިމަތީގައި "ނޯ މާސްކް ނޯ އެންޓްރީ" (މާސްކް ނެތް ނަމަ ނުވަދެވޭނެ) ޖަހާފައިވާ ބޯޑެއް ކައިރިން ހުރަސް ކުރިއިރު އޭނާ ހުރީ މާސްކް ނާޅާ ކަމަށް ވާތީ އޭނާއަށް ވަނީ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައެވެ. މިގޮތުން އެކަކު ބުނެފައިވާ ގޮތުގައި "ނޯ މާސްކް ނޯ އެންޓްރީ" އާމެދު އޭނާ އަމަލުކޮށްފައި ވަނީ އިންތިހާބަށް ފަހު ސިޔާސީ ޕާޓީތަކުން އާއްމުންނާ މެދު ކަން ކުރާ އުސޫލުން ކަމުގައި ބުނެފައެވެ. އަދި އިތުރު މީހަކު ވަނީ މި ބޯޑަކީ ހަމައެކަނި އާއްމުންގެ މީހުން އަމަލު ކުރަން ޖެހޭ ބޯޑެއްތޯއާއި ސެލެބްރިޓީން އަމަލު ކުރަން ޖެހޭ ބޯޑެއް ނޫންތޯ އަހައި ސުވާލުކޮށްފައެވެ.

މިދިޔަ މެއި މަހު ކަންގަނާ ވަނީ ކޮވިޑް-19އަށް ފައްސި ވެސް ވެފައެވެ.

ކަންގަނާގެ އެންމެ ފަހުގެ ފިލްމް ކަމުގައިވާ "ތަލައިވީ"އަށް ލިބުނު ކާމިޔާބާ އެކު މި ފިލްމަށް ހާއްސަކޮށްގެން ކަންގަނާގެ ހަށިގަނޑަށް ގެނައި ބޮޑު ބަދަލު ވަރަށް ބޮޑަށް ފާހަގަ ވެގެން ގޮސްފައެވެ. މިފިލްމްގައި އޭނާ ކުޅެފައި ވަނީ ޓެމިލްނާޑޫގެ ކުރީގެ ޗީފް މިނިސްޓަރ ޖޭ ޖަޔަލަލީތާގެ ރޯލެވެ.

މިރޯލަށް އޭނާ ވަނީ 6 މަސްދުވަހުގެ ތެރޭ 20 ކިލޯ ބަރުވެފައެވެ. އަދި ޝޫޓިންއަށް ފަހު އޭނާ ވަނީ އެ 20 ކިލޯ ދުއްވާލައިފައެވެ.އެއީ އުނދަގޫ މަސައްކަތެއްކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!