ބޮލީވުޑް މުނިފޫހިފިލުވުން

ސިދާތުގެ މަރުން ރާކޭޝްއަށް ދަސްވީ ހެޔޮ ފިލާވަޅުތަކެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ސިދާތު އާއި ރާކޭޝް

އެކްޓަރ ސިދާތު ޝުކްލާގެ ކުއްލިމަރުގެެ ސަބަބުން އޭނާގެ ގާތް މީހުންނާއި ފޭނުންނަށް ލިބުނު ޝޮކުން އަދިވެސް މުޅިން އަރައިގަނެވިފައި ނުވާއިރު އޭނާގެ ކުއްލިމަރުން ފިލާވަޅު ލިބިގަތް ފަރާތްތަކެއް ވެސް ތިބިކަން ފާހަގަކޮށްލެވެއެވެ.

Ads by Sosun Fihaara

މިގޮތުން އެކްޓަރު ރާކޭސް ބާޕަޓް މިވަނީ ސިދާތުގެ މަރުން އޭނާއަށް ލިބުނު ފިލާވަޅު ފޭނުންނާ ހިއްސާކޮށްފައެވެ. ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ޕިންކް ވިލާއަށް ދިން އިންޓަވިއުއެއްގައި ރާކޭޝް ބުނިގޮތުގައި ސިދާތުގެ މަރުގެ ހަބަރު ލިބުނު އިރު އޭނާ ހުރީ ބިގް ބޮސްގެ ސެޓުގައެވެ.އަދި އެހަބަރާ އެކު އޭނާއާއި ބިގްބޮސްގެ ބައިވެރިންނަށް ލިބިގެން ދިޔައީ ކުއްލި ޝޮކެކެވެ.

"ސިދާތުގެ ކުއްލި މަރުގެ ހަބަރު އަހަރުމެންނަށް ލިބުނީ ބިގްބޮސްގެ އެންމެ ފަހު ދުވަހު. އަހަރުމެން އެކަކަށް ވެސް އެވާހަކަ ގަބޫލެއް ނުކުރެވުނު" ރާކޭޝް ބުންޏެވެ.

ސިދާތުގެ މަރުން އޭނާއަށް ލިބުނު ފިލާވަޅަކީ ހަޔާތަކީ ކުރިއަށް ވާނެ ގޮތް ލަފާ ކުރެވޭނެ އެއްޗެއް ނޫންކަމާއި މީހުންގެ ރުޅި އައުމާއި ހަސަދަވެރިވުން ހުއްޓައިލާން ޖެހޭކަން ކަމަށެވެ. މީގެ އިތުރުން މީހުންނަށް އޯގާތެރިވެވުނު މިންވަރަކުށް އޯގާތެރިވުމަށް ވެސް އޭނާއަށް ވިސްނުނީ ސިދާތުގެ މަރުގެ ސަބަބުން ކަމަށް ވެސް ރާކޭޝް ބުންޏެވެ.

ހިންދީ ޑްރާމާތަކުގެ އިތުރުން ބޮލީވުޑްގެ ފިލްމްތަކުން ވެސް ފެނިގެންގޮސްފައިވާ ރާކޭޝްގެ ކާމިޔާބު މަސައްކަތްތަކަށް ބަލައިލާއިރު ފިލްމް "ތުމް ބިން"އަދި ސޮނީ ޓީވީން ދެއްކި "ހޯނގޭ ޖުދާ ނާ ހަމް"ގެ އިތުރުން ޒީ ޓީވީން ދެއްކި ޑްރާމާ "ގުބޫލް ހޭ"އަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!