ބޮލީވުޑް މުނިފޫހިފިލުވުން

ބިގް ބޮސްއަށް ދިވްޔަންކާ ނުދިޔަ ސަބަބު ކިޔައިދީފި !

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބެލުންތެރިންގެ މެދުގައި "އިޝިތާ"ގެ ނަމުން މަޝްހޫރު ދިވްޔަންކާ ތުރިޕާތީ ދަހްޔާ ، ބިގްބޮސްއަށް ނުދިޔަ ސަބަބު ސާފުކޮށް ކިޔައިދީފިއެވެ.

Ads by STELCO

ރިޕޯޓްތައް ބުނާގޮތުގައި ބިގް ބޮސްގެ ސީޒަން 15 އަށް ދިޔުމަށް ދިވްޔަންކާއަށް ވަރަށް ސީރިއަސް ފުރުސަތެއް ލިބިފައިވީ ނަމަވެސް އޭނާ ވަނީ އެފުރުސަތު ދޫކޮށްލައިފައެވެ. އެ ޝޯއަށް ދިޔުމަށް އެތަައް ފަހަރަކު ހުށައެޅުނު ނަމަވެސް ދިވްޔަންކާ އެ ފުރުސަތު ގަބޫލުކޮށްފައެއް ނުވެއެވެ.

"އަހަރެން ގަބޫލު ކުރާގޮތުގައި ބިގް ބޮސްއަކީ އަހަންނަށް ވާނެ ކަމެއްނޫން. އެއްކޮޅުން އަހަންނަކީ ވަރަށް ސެންސިޓިވް ވަރަށް އަވަށް ރޮވޭ މީހެއް. އަނެކޮޅުން އަހަންނަކީ ވަރަށް ރުޅިގަދަ ވަޔަލޭޓް މީހެއް. އެހެންވީމަ ބިގް ބޮސް އެއީ އަހަރެންގެ އެއްޗެއް ނޫން" ބިގް ބޮސްއަށް ނުދިޔަ ސަބަބު ކިޔައިދެމުން ދިވްޔަންކާ ބުންޏެވެ.

15 ވަނަ ސީޒަނާ ބައްދަލުކޮށްފައިވާ ބިގްބޮސްއަކީ ސެލެބްރިޓީންގެ އަސްލު ސިފަ ފެނިގެންދާ ޝޯއެކެވެ. މިޝޯއަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ވަރަށް މަގުބޫލު ޥޯއެކެވެ، ޝޯއަށް ފަހު ބައެއް ސެލެބްރިޓީންނާ މެދު ފޭނުން ދެކޭ ގޮތް ވެސް ބަދަލުވެގެން ގޮސްފައިވެއެވެ.

ރިއަލިޓީ ޝޯ "ކަތުރޯންކީ ކިލާޑީ ސީޒަން 11" އިން އެންމެ ފަހުން ފެނިގެންދިޔަ ދިވްޔަންކާއަކީ ސްޓާ ޕްލަސްގެ ޑްރާމާ "ޔޭހޭ މޮހައްބަތޭން"އިން ބެލުންތެރިންގެ ހިތް އަތުލައިފައިވާ ފަންނާނެކެވެ. މީގެ އިތުރުން "ކޯލްޑް ލައްސީ އޯރ ޗިކަން މަސާލާ"އަކީ ވެސް އޭނާ ގެ ކާމިޔާބު ޝޯއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!