ފުޓްބޯޅަ

ތިންވަނަ ފަހަރު، މީ އެ ފަހަރު؛ ފުރަތަމަ ފިޔަވަޅު މިރޭ 

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
2018 ވަނަ އަހަރު ސާފް ޗެންޕިއަންޝިޕްގެ ތަށި ޤައުމީ ޓީމުން އުފުލާލަނީ

ސަރަހައްދީ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ދިވެހިޓީމުން މި އަހަރުގެ ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލަނީ ތިންވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށް މި އަހަރުގެ މުބާރާތް ކުޅެވޭ މި ފަސްގަނޑުގައި ތަށި ބެހެއްޓުމަށެވެ. މިކަމަށް ޓަކައި ނިކުންނަ ދިވެހި ޓީމަކީ 100އިންސައްތަ ދިވެހީންގެ ޓީމެކެވެ. ކޯޗިން ސްޓާފުންނާއި އެހެނިހެން ހުރިހާ މަސައްކަތެއްގައި ވެސް ތިބީ ދިވެހި ލޭ ހިނގާ ދިވެހި ދަރީންނެވެ.

Ads by STELCO

މި އަހަރުގެ މުބާރާތުގެ ބައިވެރިވެފައި ވަނީ ސްރީލަންކާ،އިންޑިއާ،ބަނގްލަދޭޝް އަދި ނޭޕާލްގެ އިތުރުން ދިވެހި ޓީމެވެ. ބޫޓާންއާއި ޕާކިސްތާން ވަނީ މުބާރާތުގައި ބައިވެރިވާން އުޒުރުވެރިވެފައެވެ. މި މުބާރާތް ރާވައިފައި ވަނީ ކޮންމެ ޓީމެއް ، ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާގޮތަށެވެ.

ތައްޓަށް އަމާޒުކޮށް ނިކުންނަ ދިވެހި ޓީމުގެ ފުރަތަމަ އިމްތިހާން މިރޭ އޮންނާނެއެވެ. މިރޭގެ މެޗުގައި ރާއްޖެ ވާދަ ކުރާނީ ނޭޕާލާ ދެކޮޅަށެވެ. މި މެޗަށް ނިކުންނައިރު މެޗުގެ ފޭވަރިޓުންނަކީ ދިވެހީންނެވެ. ސާފް ޗެމްޕިއަންޝިޕްގައި މި ދެ ޓީމުގެ ކުރިމަތިލުންތަކުގައި ދިވެހި ޓީމު ހޯދައިފައިވާ ކާމިޔާބީއާއި ދިވެހި ފަސްގަނޑުގައި ކުޅޭ މި މެޗުގައި ދިވެހީންނަށް އެޑްވާންޓޭޖް އޮތް ކަމަށް ނޭޕާލްގެ އެސިސްޓެންޓް ކޯޗް ކިރަން ޝްރެސްތާއާއި ކެޕްޓަން ކިރަން ޝެމްސޮންގ ވެސް އެއްބަސްވެއެވެ. މީޑިއާތަކާ ވާހަކަ ދައްކަމުން ކިރަން ބުނެފައި ވަނީ މެޗުގެ ފޭވަރިޓަކީ ދިވެހި ޓީމު ކަމަށާއި ނަމަވެސް މެޗު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ދިވެހި ޓީމަށް މި އަހަރު އޮތް އެންމެ ބޮޑު ފައިދާއަކީ ދިވެހި ޓީމާ ގާތުގައި 12 ވަނަ ކުޅުންތެރިޔާ ހުރުމެވެ. ޓީމަށް ސަޕޯޓްކޮށްދިނުމަށް ސަޕޯޓަރުންނަށް މަގު ފަހިވެފައި ވުމެވެ. އެހެންކަމުން ދިވެހީންގެ ފުރަތަމަ އިމްތިހާނަށް ނިކުންނައިރު ސަޕޯޓަރުން ދަނޑު ފުރައިލާން ޖެހެއެވެ. ފެއްސާއި ރަތާއި ހުދުން ދަނޑު ޒީނަތްތެރިކޮށްލައި ދިވެހި ޓީމާއެކު ސަޕޯޓަރުން ވާން އެބަޖެހެއެވެ. އަދި މިއީ ސަޕޯޓަރުން ކުރާނެ ކަމެއް ކަމާ މެދު ޝައްކެއް ވެސް ނެތެވެ. ދިވެހީން ވަނީ އެކަން ދައްކުވައިދީފައެވެ.

Ads by HDC
  1. ްްްްކުޅިވަރު

    إنما الحياة الدنيا لعب ولهو. (47:36)