ބޮލީވުޑް މުނިފޫހިފިލުވުން

އަންނަ އަހަރު މޯނީ ރޯއި ކައިވެނި ކުރަނީ؟

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކަލާރސް ޗެނަލުންް ގެނެސްދޭ މަޝްހޫރު ޑްރާމާ ސިލްސިލާ "ނާގިން"އިން ބެލުންތެރިންގެ މަގްބޫލުކަން ހޯދައިފައިވާ މޯނީ ރޯއީ އަންނަ 2022ވަނަ އަހަރު ކައިވެނި ކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

Ads by Hajj Corporation

ހަބަރުތައް ބުނާގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ މަހު މޯނީއާއި ދުބާއިގެ ވިޔަފާރިވެރިއެއް ކަމުގައިވާ ސޫރަޖް ނަމްބިއާރއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. މި ގުޅުން އޮތީ ވަރަށް ބޮޑަށް ސިއްރު ކޮށްފައިކަމަށް ވެސް ބުނެއެވެ. ސޫރަޖު ވަނީ މޯނީގެ މަންމައާއި ވެސް ބައްދަލު ކޮށްފައި ކަމަށާއި މި ބަައްދަލުވުން އޮތީ އެކްޓްރެސް މަންދިރާ ބޭދީގެ ގޭގައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އަދި މި ބައްދަލުވުމުގައި މޯނީގެ ކައިވެނީގެ ހަފްލާ ބާއްވާނެ ގައުމެއް ވެސް ނިންމައިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. މި ކައިވެނި އޮންނާނީ ދުބާއީގައި ނޫނީ އިޓަލީގައި ކަމަށް ވެސް ވަނީ ހަބަރުތައް ފެތުރިފައެެވެ.

ޑްރާމާ ސީރީޒްގެ އިތުރުން ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ މޯނީގެ ލޯބީގެ ގުޅުން މީޑިޔާއަށް ސިއްރު ކޮށްފައި ވާއިރު ފޭނުން މިވަގުތު އިންތިޒާރު ކުރަނީ މޯނީގެ ކައިވެނީގެ ވާހަކަ ރަސްމީކޮށް ކަށަވަރު ކޮށްދޭނެ ވަގުތުކަށެވެ.

މޯނީގެ ކާމިޔާބު މަސައްކަތް ތަކަށް ބަލައިލާއިރު "ދޭވޯންކީ ދޭވް މަހާދޭވް" "ކަސްތުރީ" އަދި "ނާގިން ސީޒަން 1 އަދި 2" ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!