ބޮލީވުޑް މުނިފޫހިފިލުވުން

ރިޝީ ބޭނުންވީ ހަމައެކަނި ޑޭޓް ކުރަން، އިންނާކަށް ނޫން: ނީތޫ ކަޕޫރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބޮލީވުޑްގެ ލެޖެންޑްރީ އެކްޓަރު ރިޝީ ކަޕޫރާއި އޭނާގެ އަނބިމީހާ ނީތޫ ކަޕޫރަކީ ވަރަށް ގިނަ ބައެއްގެ ފޭވަރިޓް ޖޯޑެވެ. ލޭގެ ކެންސަރު ޖެހި ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު މިދިޔަ އަހަރު ރިޝީ ކަޕޫރު މަރުވި ނަމަވެސް މި ޖޯޑުގެ ވާހަކަތަކަކީ އަދިވެސް ތާޒާކަމާ އެކު ދައްކާ ވާހަކަތަކެކެވެ.

Ads by Hajj Corporation

މިގޮތުން ދެމީހުންގެ ހަބަރެއް ނާންނަ ދުވަހެއް އަދިވެސް ހަމަ ނާދެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދެމީހުންގެ ގުޅުމާ ބެހޭގޮތުން ރިޝީ ކަޕޫރު ބުނެފައިވާގޮތުގައި އެމީހުންގެ ގުޅުން އެހާ ބާރުގަދަވެ "ރިލޭޝަންޝިޕް ވޯކް" ކުރުމުގެ އަސްލު ސަބަބަކީ ނީތޫއެވެ. ރިޝީ އަމިއްލައަށް ވެސް ގަބޫލު ކުރާގޮތުގައި އޭނާއަކީ އެކުގައި އުޅެން އެހާ ފަސޭހަ މީހެއް ނޫނެވެ. އެހެން ނަމަވެސް ޒުވާން ދުވަސްވަރު އެކުގައި މަސައްކަތް ކުރި ޒަމާނުގައި ދެމީހުންނަށް އެކަކު އަނެކަކާ ގަޔާވެވި އެކުގައި އުޅުނު އިރު ވެސް ރިޝީގެ ލޯބިވެރިން ރުޅިވުމުން އަބަދުވެސް އެންމެ ގާތުގައި ހުރީ ނީތޫ ކަމަށް ނީތޫ ވެސް ވަނީ ބުނެފައެވެ.

ނީތޫ ދެކެ ލޯބި ވެވުނުކަން އިހުސާސް ކުރެވުނީ ފިލްމް "ކަބީ ކަބީ"ގެ ޝޫޓިންއަށް ނީތޫ ކަޝްމީރަށް ދިޔުމުންކަމަށް އެމީހުން ވަނީ ބުނެފައެވެ.

"ރިޝީ ބުނި އޭނާ އަހަންނާ އިންނާކަށް ބޭނުމެއް ނޫނޭ. ބޭނުމީ ހަމައެކަނި ޑޭޓް ކުރާށޭ" ދެމީހުންގެ ގުޅުމާ ބެހޭގޮތުން ނީތޫ ބުނެފައިވެއެވެ.

އެހެން ނަމަވެސް 5 އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު ރިޝީ ވަނީ ނީތޫއާ ކައިވެނިކޮށްފައެވެ. އަދި މިކައިވެންޏަށް ވަނީ ދެކުދިން ލިބިފައެވެ. އެއީ ރިދިމާ ކަޕޫރާއި ބޮލީވުޑްގެ އެކްޓަރު ރަންބީރް ކަޕޫރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!