ސަރުކާރު

ހިޔާ ފްލެޓުތަކުގެ ކުލި މަހަކު 5،600އަށް ވުރެ ކުޑަ ކޮށްދޭން އެދި އަނެއްކާ ވެސް ހުށަހަޅައިފިން: ޑރ. މުޢިއްޒު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކުލި 5،600 ރުފިޔާއަށް ވުރެ ކުޑަ ކޮށްދިނުމަށް އެދި އަނެއްކާ ވެސް ސިޓީއެއް ފޮނުއްވައިފިކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިކަމާ ގުޅޭގޮތުން ޑރ. މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ އަދަދު 5،600 އަށްވުރެ ކުޑަކޮށްދެއްވުމަށް އެދި ތިންވަނަ ފަހަރަށް ރައީސް އޮފީހަށް ނިމިދިޔަ ހަފްތާގައި ސިޓީ ފޮނުއްވާފައި ވާނެ ކަމަށެވެ.

"އަދި ފިނިޝިންގ މަސައްކަތަށް މަދުވެގެން 9 މަސް ދުވަސް ދެއްވުމަށް ތަކުރާރުކޮށް އެ ސިޓީގައި އެދިފައިވާނެ" ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް ގުނަން ފެށުމާއެކު އެ ފްލެޓްތަކުގައި ކުލި ނުދައްކާ ދެން އުޅެވޭނީ ތިން މަސް ދުވަހުއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 6،720 ފްލެޓަށް އިންސްޓޯލްމަންޓްގެ ގޮތުގައި ކޮންމެ މަހަކު ދައްކަން ޖެހެނީ 7،500 ރުފިޔާއެވެ. އަދި މެއިންޓެނަންސް ފީގެ ގޮތުގައި އިތުރު 1،000 ރުފިޔާއާ އެކު ޖުމްލަ 8،500 ރުފިޔާ ކުުލީގެ ގޮތުގައި ކޮންމެ މަހަކު ދައްކަން ޖެހެއެވެ.

Ads by Allied Insurance
  1. ރީމް

    ހިލޭ ދޭން ވީނު! ތިއޮތީވާ ފްލެޓެއް ބަޔަކަށް ލިބިފަ. ހިތްމޮޅު ކަމުން ހައްދުފަހަނަ އަޅާފަ