ފުޓްބޯޅަ

ތަށި އުފުލާލި ގޯލްޑަން ކެޕްޓަން ބަސް؛ ފުރަތަމަ ބައްޔަކީ ފައިނަލަށް ނުދެވޭންވީ ސަބަބެއް ނޫން!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އަމިއްލަ ޤައުމުގައި ކުޅެ ރޭގެ މެޗުން ރާއްޖޭގެ ޤައުމީ ޓީމް ނޭޕާލް އަތުން ބަލިވުމާ ގުޅިގެން ބައެއް ފަރާތްތަކުން ޤައުމީ ޓީމަށް ފާޑު ކިޔަމުންދާތީ، 2008 ވަނަ އަހަރު ރާއްޖެ ފުރަތަމަ ފަހަރަށް ތަށި އުފުލައިލި ކެޕްޓަން ކުރި އައްސަދު އަބްދުލްޣަނީ ރައްދުދީފިއެވެ.

Ads by Sosun Fihaara

މިއަދު ފޭސްބުކްގައި ޤައުމީ ޓީމުގެ ފޮޓޯއެއް ހިއްސާ ކުރަމުން ކުރި ޕޯސްޓެއްގައި އައްސަދު ބުނީ، ކާމިޔާބީއަކީ ތެދުވެރިކަމާއި ބުރަ މަސައްކަތުން ހޯދޭނެ އެއްޗެއް ކަމަށާއި ފުރަތަމަ ބައްޔަކީ ފައިނަލަށް ނުދެވެންވީ ސަބަބެއް ނޫން ކަމަށެވެ. އަދި މިއީ މާޔޫސްވާންވީ ވަގުތު ނޫން ކަމަށާއި އެންމެން އެއް އަޒުމެއްގައި ނިކުންނަންވީ ވަގުތު ކަމަށް އައްސަދު ކުރި ޕޯސްޓްގައި ބުނެފައިވެއެވެ.

ޕޯސްޓް ނިންމައިލަމުން ބުނެފައި ވަނީ އަބަދުވެސް ޤައުމީ ޓީމް ދެކެ ފަޚްރުވެރިވާ ކަމަށާއި ޤައުމީ ޓީމަށް އަބަދުވެސް ކާމިޔާބު ލިބުމަށް އެދޭ ކަމަށެވެ.

ޤައުމީ ޓީމުން 2011 ވަނަ އަހަރު ރިޓަޔަރވި އައްސަދަކީ ދިވެހިންގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ކުޅުންތެރިއެކެވެ. އިންޑިއާއާ ދެކޮޅަށް 2008ވަނަ އަަހަރު ފައިނަލް މެޗްގައި ރަނގަޅު ކުޅުމެއް ދައްކާ، އެކަތިގަނޑެއްގެ ގޮތުގައި ޓީމް ބޭއްވީ އައްސަދުގެ ލީޑަރުޝިޕާއި ކެޕްޓަންޝިޕްގެ ދަށުންނެވެ. 2018 ވަނަ އަހަރު ދެވަނަ ފަހަރަށް ރާއްޖެ ތަށި އުފުލައިލީ، އައްސަދުގެ ކޮއްކޮ އަކްރަމް އަބްދުލް ޣަނީގެ ކެޕްޓަންކަމުގައެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗް ނޭޕާލުން ރާއްޖެކޮޅަށް ގޯލް ޖަހައިފައި ވަނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗްގެ ދެވަނަ ހާފްގައި އެރި މާނިޝް ޑަންގީއެވެ. ކައުންޓަރ އެޓޭކެއްގައި މެޗްގެ 86 ވަނަ މިނެޓްގައި ރާއްޖޭގެ ދެ ޑިފެންޑަރުން ނައްޓާލުމަށް ފަހު ޑަންގީ ފޮނުވައިލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މިއީ ސާފް ޗެންޕިއަންޝިޕް ތާރީޚުގައި ވެސް ރާއްޖެ ކައިރިން ނޭޕާލަށް ލިބުނު ފުރަތަމަ މޮޅެވެ.

Ads by HDC
  1. ބޭބެ

    ރޭޕް ތުުހުމަތުވެފަތިބޭމީހުން ފޮރުވުމަކީކާމިޔާބެއްތޯ