ޚަބަރު އިޖުތިމާޢީ

30 ހާހަށް ވުރެ ގިނަ ދަރިވަރުން ވެކްސިން ފުރިހަމަކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ވެކްސިން ޖަހާ ސަރަހައްދު-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރާއްޖޭގައި އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންގެ ތެރެއިން 30 ހާހަށް ވުރެ ގިިނަ ދަރިވަރުކޮށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނުގެ ދެޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފިއެވެ.

Ads by MWSC

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އާއްމުކޮށްފައިވާ ކޮވިޑް-19 ވެކްސިން އަޕްޑޭޓް ދައްކާގޮތުން ރާއްޖޭގެ 218 ސުކޫލެއްގައި ކޮވިޑް-19 ވެކްސިނުގެ ފުރަތަމަ ޑޯޒް ވަނީ ޖަހަންފަށައިފައެވެ. އެގޮތުން މިހާތަނަށް 36،029 ކުދިންވަނީ ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

މީގެ އިތުރުން 213 ސުކޫލެއްގައި ކޮވިޑް ވެކްސިނުގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވާއިރު ޖުމްލަ 30،571 ދަރިވަރުން ކޮވިޑް-19 ވެކްސިނުގެ ދެވަނަ ޑޯޒްޖަހައި ވެކްސިން ފުރިހަމަކޮށްފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 339،481އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 392،315އަށް އަރައިފައެވެ.

އެންމެ ފަހުން ވެކްސިން ދިން އަދަދުތަކަށް ބަލާއިރު ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތަކުން 86 މީހުން ޖަހައިފައި ވެއެވެ. ދެވަނަ ޑޯޒް އަތޮޅުތަކުން 677 މީހުން ފުރިހަމަކޮށްފައިވެއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ. މީގެ ތެރެއިން ސުކޫލު ދަރިވަރުންނަށް ޖަހަނީ ފައިޒާ ވެކްސިނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!