ބޮލީވުޑް

މަސްތުވާތަކެތީގެ މައްސަލައެއްގައި ޝާހްރުކް ޚާންގެ ދޮށީ ދަރި ހައްޔަރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަސްތުވާތަކެތީގެ މައްސަލައެއްގައި، ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ބޮލީވުޑްގެ ސުޕާސްޓަރ ޝާހްރުކް ޚާންގެ ދޮށީ ދަރި އާރްޔަން ޚާން މިއަދު ހައްޔަރު ކޮށްފިއެވެ.

Ads by STELCO

ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އެންސީބީން އާރްޔަން ހައްޔަރު ކޮށްފައި ވަނީ، މުމްބާއީގެ ބަނދަރު ސަރަޙަައްދުގައި އޮތް ކްރޫޒެއްގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ރޭޑެއްގައި ފެނުނު ބައެއް ތަކެއްޗާ ގުޅިގެން ހިންގި އޮޕަރޭޝަނަކާ ގުޅިގެންނެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި އާރްޔަން ހައްޔަރު ކުރުމަށް ފަހު އޭނާ ވަނީ ޖޭޖޭ ހޮސްޕިޓަލަށް، މެޑިކަލް އެގްޒެމިނޭޝަނަށް ގެންގޮސްފައެވެ.

ކްރޫޒުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ މައްސަލައިގައި ޝާހްރުކް ޚާންގެ ދަރީގެ އިތުރުން އަށް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ މުންމުން ދަމޭޗާ، ނުޕޫރް ސަރޭކާ، އިސްމީތު ސިންގް، މޯހަކް ޖޭސްވާލް، ވިކްރާންތު ޗޯކާރ، ގޮމިތު ޗޯޕްރާ އަދި އަރްބާޒް މާޗަންޓެވެ. އެމީހުން ކޯޓަށް ގެންދިޔައީ އާރްޔަންއަށް ވުރެ ކުރިން ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

އާރްޔަން ހައްޔަރުކުރުމާ އެކު، އޭނާގެ މަންމަ ގޯރީ ޚާން ކޯޓާ ދިމާލަށް ދަނިކޮށް ޕަޕަރާޒީން ވަނީ ފޮޓޯ ނަގައިފައެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި މަސްތުވާތަކެއްޗާ އާރްޔަންގެ ގުޅުން ހުރި ވަރު ބެލުމަށް، އެންސީބީގެ އޮފިޝަލުން އޭނާގެ ހަށިގަނޑު ސްކޭން ކުރާނެއެވެ.

ކްރޫޒްލައިނަރުގައި ބޭއްވި ޕާޓީއެއްގައި މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ މައުލޫމާތާ ގުޅިގެން އެންސީބީން އެ އޮޕަރޭޝަން ހިންގާތާ މިހާރު ދެ ހަފްތާ ވެއްޖެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!