ރައްޔިތުންގެ މަޖިލިސް

މިސްކިތްތަކުގައި ޤާނޫނާ ޚިލާފުކަންކަން ހިނގާތޯ ބެލުމަށް ކެމެރާ ހަރުކުރަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
Namaadhu, ނަމާދު hukuru, ހުކުރު

ރާއްޖޭގެ މިސްކިތްތަކުގެ ޤާނޫނާ ޚިލާފު ކަންކަން ހިނގާތޯ ބެލުމަށް މިސްކިތްތަކުގައި ކެމެރާ ހަރުކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ރައްޔިތުންގެ މަޖިލީހުގައި ރާއްޖޭގެ މިސްކިތްތަކުގެ ސަލާމަތްތެރިކަމާއި ގުޅޭގޮތޮތުންކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ކެމެރާ ހަރުކުރަން ނިންމާފައިވަނީ މިސްކިތްތަކިގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި ހިންގޭ ޤާނޫނާއި ޚިލާފް ކަންތައްތަކާއި އެނޫންވެސް ބައެއް ކަންކަން ބެލެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިސްކިތްތަކުގައި ހިނގާ ކަންކަން ސަވައިލަންސް ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާއި، އެކުގައި މަސައްކަތްތަކެއް ކުރެވި އެކަމަށް ހައްލުތަކެއް ލިބޭތޯ މަސައްކަތް ކުރެވެމުންދޭ. އަޅުގަނޑަށް މިހާރު ޤަބޫލު ކުރެވޭ ގޮތުގައި މިސްކިތްތަކުގައި ކެމެރާ ބެހެއްޓުމަކީ ރާއްޖޭގެ މިއަދުގެ ހާލަތުގައި ކުރަންޖެހޭނެ ކަމެއް." މިނިސްޓަރ ވިދާޅުވީ މިކަމަކީ ޚަރަދު ބޮޑު ކަމެއް ކަމަށްވީނަމަވެސް، މިއީ ކުރަން ޖެހޭ ކަމެއް ކަމަށް ކަމާ ބެހޭ އިދާރާތަކާއެކު މަޝްވަރާތަކަށް ފަހު ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިފަދަ ހުރިހާ ކަމެއް ހިނގައިދާ އެންމެ ބޮޑު ސަބަބަކީ މަސްތުވާތެތީގެ މައްސަލަތައް ކަަމަށެވެ. މި އަހަރު މެދުތެރޭގައި މިސްކިތްތަކުގައި މަސްތުވެ، ކައިބޮއެ ހަދާ މިސްކިތް ތަޣައްުޔަރު ކުރާ މައްސަލައެއްވަނީ ފެންމަތިވެފައެވެ.

"މިސްކިތްތަކުގެ ސަލާމަތާއި، މިސްކިތްތަކުގެ ތެރޭގައި ހިންގާ އެންމެހައި ކަންކަމާއި، މިސްކިތްތަކުގެ ތެރޭގައި ޤާނޫނާއި ޚިލާފް އެއްވެސް ކަމެއް ހިނގާތޯ ބެލުމަކީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއްކަމަށް މިހާރު އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވަނީ." އިމްރާން ވިދާޅުވިއެވެ.

މާލޭގެ މިސްކިތްތަކުގައި ކެމެރާ ހަރުކުރަން ނިންމާފައިވާއިރު، އިއްޔެވެސް މާލޭގެ މިސްކިތަކަށް މީހަކު ކުޑަކަމު ދިޔަ މައްސަލައެއްވަނީ ފެންމަތިވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!