ރައްޔިތުންގެ މަޖިލިސް

ސްޓެލްކޯގެ ޖެނެރޭޓަރުތަކުގެ ދުންހޮޅިތައް އުސްކުރަން ފާސްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ސްޓެލްކޯ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޖެނެރޭޓަރުތަކުގެ ދުންހޮޅިތައް އުސްކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Ads by Hajj Corporation

މާލެއަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން ބޭނުން ކުރަމުން އަންނަ އިންޖީނުތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އަންގައި މަޖިލީހުން ވަނީ މީގެ ކުރިން ރިޕޯޓެއް އެކުލަވައިލައިފައެވެ.

ސްޓެލްކޯގެ ޖަނަރޭޓަރުތަކުގެ އަޑާއި ވަހާއި ވައިބްރޭޝަނާއި ދުމުގެ ސަބަބުން ގ. ފެހިހިރި އާއި ގ. ރަސްރޯނު އަދި އެ ސަރަހައްދުގައި ހުރި އެހެން ގެތަކަށް ގެއްލުންވަމުންދާތީ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު މީކާއިލް ނަސީމެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސާސް ކޮމެޓީ އަދި ތިމާވެއްޓާ ބެހޭ ކޮމެޓީގެ ފަރާތުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، ނެރުނު ރިޕޯޓުގައި، ސްޓެލްކޯގެ ޕަވާ ހައުސްތައް ސައުންޑް ޕްރޫފް ކުރުމަށާއި ދުންހޮޅިތައް އުސްކުރުން ފަދަ މަސައްކަތް ކުރަން އަންގައިފައިވެއެވެ.

އޭގެ ފަހުން އެ ރިޕޯޓަށް އެއް އިސްލާހު ގެނައުމަށް ފަހު، މައި ކޮމިޓީން ވަނީ އެ ރިޕޯޓު ފާސް ކޮށްފައެވެ. އެގޮތުން އިސްލާހު ކޮށްފައި ވަނީ ސްޓެލްކޯއަށް ނަގައިފައިވާ، މަގުތަައް ހުޅުވުމަށް އެ ރިޕޯޓުގައި ލިޔެފައިވާ ނުކުތާއެވެ.

  1. ހޫޑަ

    ސައިކަލް ސައިލަންސަރުވެސް އުސްކުރަން ފެނޭ