ޖާޒީވެސް ސަޅިއެވެ. ކުޅުންތެރިން ވެސް ވަރަށް މޮޅެވެ! އިންޝާالله ކާމިޔާބުވާނެއެވެ.

ވަދުޖެހި ވަޅުލެވެމުން ފަސްލެވެމުންދާ "ދިވެހި ފުޓުބޯޅަ ފޯރިއަށް" އާރޯކަމެއް އަތުވެއްޖެއެވެ. ސާފް ޗެމްޕިއަންޝިޕް 2021 ރާއްޖޭގައި ބާއްވަން އެފްއޭއެމް އަދި ސަރުކާރުން ކުރި މަސައްކަތް ކާމިޔާބުވެ މުބާރާތް ފެށިއްޖެއެވެ.
މުބާރާތް ބާއްވާ ގައުމުގެ އިތުރުން ދިވެހިންނަކީ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މުބާރާތަށް ޓީމު ތައްޔާރުވަމުން ދިޔައިރު ދިވެހި ކުޅިވަރު އާއިލާއިން ދިޔައީ ސަޕޯޓަރުންގެ ފޯރި ގަދަކޮށް ދިވެހި ސަޕޯޓަރުން “ކިކް”އަރުވައިލާން ގިނަގުނަ މަސައްކަތް ކުރަމުންނެވެ.
މަސައްކަތް ވަރަށް ކާމިޔާބެވެ. ސަޕޯޓަރުން ވަދެ ދަނޑު ފުރައިލިއެވެ. ނޭޕާލާ ދެކޮޅަށް ގަލޮޅު ދަނޑުގައި ދިވެހި ގައުމީ ޓީމު ކުޅުނު މެޗްގައި ގައުމީ ޓީމުގެ ބާރަވަނަ ކުޅުންތެރިޔާގެ އަޑު ކެނޑިގެން ނުދެއެވެ. ހިތްވަރުގެ ބަސްތަކާއި ތާޅަފިލިތަކުގެ އަޑުތަކާއި ގައުމީ ކުލަތަކުން މުޅި ދަނޑު އޮތީ ގުގުމާލަގުގުމާލައެވެ.

ފޮޓޯ: ވަގުތު އިމޭޖްސް
ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެކެވެ. ނަމަވެސް ނަސީބުގެ އެހީ ނުލިބި މެޗުން ބަލިވެގެން ދިޔައީ ހިތްދަތިކަމާއެކުގައެވެ. ލިބުނު ފުރުސަތުތައް ގޯލްގެ ތިން ދަނޑިން އެތެރެކޮށްލުން ފިޔަވައި ދިވެހި ޓީމުން ކުރި ހިތްވަރަށް ހަމަ ސާބަހެވެ. ވަކިވަކި ކުޅުންތެރިން ކިޔާނެކަމެއް ނެތެވެ. ހުރިހާ ކުޅުންތެރިން ކުޅެމުން ދިޔައީ ގައުމަށް ރީތި ވަނައެއް ހޯދައި ދިނުމުގެ މަގުސަދުގައެވެ.

ފޮޓޯ : ވަގުތު އިމޭޖްސް
މެޗުން ބަލިވުމުން ސަޕޯޓަރުން އިންތިހާއަށް ހިތްދަތިވިއެވެ. ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް ހަގީގަތަކީ 1-0އިން ބަލިވުމެވެ. މެޗްގެ ނަތީޖާއާ އެކު މާޔޫސްކަންމަތީގައި “ބައެއް”ސަޕޯޓަރުންގެ ނުރުހުން އެކިއެކި ކަންކަމަށް ރައްދުކުރިއެވެ.

ފޮޓޯ: ޓްވިޓަރ
ގައުމީ ޓީމު ބަލިވީ ލައިގެން ތިބި ޖާޒީގެ ސަބަބުން ކަމަށް މަދު ބަޔަކު ބުނަމުން ދިޔައެވެ. ނަމަވެސް ދަންނަވަންތޯއެވެ. ގައުމީ ޓީމު ލާނީ އަބަދުވެސް ގައުމީ ޖާޒީއެވެ. ޖާޒީ ހަމަ ވަރަށް ވެސް ރީއްޗެވެ. ލާ ޖާޒީއަކާއި ނަތީޖާއަކާ ގުޅުމެއް ނެތެވެ.
ދެން އައީ ސިޔާސީ މީހަކު ގައުމީ ޓީމުގައި ހިމެނި ވާހަކައެވެ. އެހެނަސް އެރޭގެ މެޗު ބަލައިލާ ދިރާސާކޮށްލުމުން މުޅި ޓީމަށް އެންމެ ފައިދާހުރި ކުޅުމެއް ކުޅެދިނީ އަސްއަދު އަލީކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެެވެ. އެހެންކަމުން އަޑޭގެ ކުޅުމަށް ސަތޭކައެވެ.
ފުޓްބޯޅައިގައި މޮޅުވުމާއި ބަލިވުމަކީ އޮންނަކަމެކެވެ. މޮޅުވާނީ އެއް ޓީމެކެވެ. ނަމަވެސް ބާކީ އަދި ތިން މެޗް އޮއްވާ ޓީމަށް ބަދުބަސް ބުނެ ލައިގެން ތިބި ޖާޒީއަށް ބަދުބަސް ބުނަން ހެޔޮ ނުވާނެއެވެ.

ފޮޓޯ: ވަގުތު އިމޭޖްސް
މިއީ ހިތްވަރުކުރަންވީ ވަގުތެވެ. ހިތްވަރު ދޭންވީ ވަގުތެވެ. ސަޕޯޓްކުރަންވީ ވަގުތެވެ. ހެޔޮ ދުޢާކޮށް ކާމިޔާބާއި ފަލާހަށް ވާސިލްވޭތޯ މަސައްކަތްކުރަންވީ ވަގުތެވެ. ސާފް ޗެމްޕިއަންޝިޕް 2021 ކާމިޔާބު ކުރުމަށް ހުރިހާ ދިވެހިން އެކަތިގަނޑަކަށްވެގެން އެއް ރޫހެއްގައި އެއް އަޒުމެއްގައި ފޯރި ނަގަމާ ހިނގާށެވެ.

ފޮޓޯ: ވަގުތު އިމޭޖްސް
ތިންވަނަ ފަހަރު މީ އެ ފަހަރެވެ.
އަދި ކުޅުންތެރިންވެސް އެހާމެ ސަޅި އެވެ
ބަސް ފޮތުގައި ސަޅި އެއީ މޮޅު ، ރީތީ ގެ މާނާގައި ހިމެނިޔަސް ޒަމާނުއްސުރެ އެބަހަކީ ޙަޤީޤަތެއްނެތް ފޮނި ވާހަކަ ދެއްކުމަށް ޚާއްޞަ ބަހެކެވެ.