ޚަބަރު ސަރުކާރު

ރާއްޖެއިން ބަންގްލަދޭޝްއާއި ނޭޕާލަށް ވެކްސިން ހަދިޔާ ކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ވެކްސިން ޖަހަނީ-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރާއްޖެއިން ބަންގްލަދޭޝްއާއި ނޭޕާލަށް ކޮވިޑް-19 ވެކްސިން ހަދިޔާ ކޮށްފިއެވެ.

Ads by STELCO

"ދެން"އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން މި ދެގައުމަށް އެހީގެ ގޮތުގައި ފޯރުކޮށް ދީފައިވަނީ އެސްޓްރަޒެނެކާ ވެކްސިންކަމަށާއި މިދެ ގައުމުން ކުރެ ކޮންމެ ގައުމަކަށް ވެކްސިނުގެ 2 ލައްކަ ޑޯޒް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ވެކްސިންތައް އިއްޔެ ހަވާލުކޮށްފައިވާ ކަމަށާއި މިދެގައުމަށް ވެކްސިން ފޯރުކޮށްދީފައި ވަނީ ރާއްޖޭގެ އާބާދީއަށް ވާވަރަށް ބެހެއްޓުމަށް ފަހުގައި ކަމަށެވެ.

"މިދިޔަ އަހަރުން ފެށިގެން ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ގިނަ ގައުމުތަކަކުން އެހީވެފަ ވަނީ. އެހެންވީމަ އެހެން ގައުމުތަކަށް ރާއްޖެއިން ވެސް ވެވޭނެ އެހީއެއް ފޯރުކޮށްދޭން ޖެހޭނެ" މަބްރޫކް ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 343،149އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 392،773އަށް އަރައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!