ޚަބަރު އިޖުތިމާޢީ ސަރުކާރު

ފޭސް ދޭޭއްގައި ތިން މިސްކިތް އަޅަން ނިންމައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލެ ފޭސް ދޭއްގައި ދާއިމީ ތިން މިސްކިތް އަޅަން ނިންމައިފައިވާ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެޗްޑީސީން ވިދާޅުވީ ދެވަނަ ފިޔަވަހީގައި ދާއިމީކޮށް އަޅާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތް އަޅާނީ މިހާރު އަޅަމުންދާ ވަގުތީ މިސްކިތާ ޖެހިގެން ދެކުނަށް އޮންނަ ބިމުގައި ކަމަށެވެ. މި މިސްކިތުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އެޗްޑީސީން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އަޅަން އަޅަން ބަޔަކާ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ އެ މިސްކިތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އެ މިސްކިތުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 2 މަހާއި 20ދުވަހެވެ. އެ ޕްރޮޖެކްޓަކީ ސަރުކާރުން 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދައިފައިވާ ހިޔާ ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާއިރު ދެވަނަ ފިޔަވަހީގައި އަދި މިހާތަނަށް އެއްވެސް މިސްކިތެއް ހުޅުވައިފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!