ދުނިޔެ

ލަންކާއިން ފިލައިގެން ދިޔަ ރެފިއުޖީންތަކެއް އަތުލައިގަނެ ރާއްޖެއާ ހަވާލުކޮށްފި: އިންޑިއާގެ ރިޕޯޓެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވައްޓެރި ޝްރީލަންކާގެ ރެފިއުޖީންގެ ބަޔަކު ފިލައިގެން ދަނިކޮށް ރާއްޖޭގެ ދެކުނުން އިއްޔެ އަތުލައިގަނެ، ރާއްޖެއާ ހަވާލުކޮށްފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ"އިން ގެނެސްދީފައިވާ ރިޕޯޓެއްގައި ބުނީ ރާއްޖެ ސަރަހައްދުން ލަންކާގެ ތަމަޅައިންގެ 85 މީހަކު އަތުލައިގަތީ އެމެރިކާގެ ކަނޑުގެ ސިފައިން ކަމަށެވެ. އަތުލައިގަތް މީހުންގެ ތެރޭގައި 59 ރެފިއުޖީއަކު ހިމެނޭ ކަމަށާއި މިއީ މަދުރާއީއާއި ޓްރިޗީގެ ރެފިއުޖީ ކޭމްޕްތަކަކުން ފިލައިގެން ދިޔަ ބަޔަކު ކަމަށް ބެލެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެމެރިކާ ސިފައިންގެ އަސްކަރީ މަރުކަޒެއް ހިންގާ ޑިއެގޯ ގާސިއާއާ ކައިވެރިވެފައި ވަނިކޮށް، ރާއްޖޭ ސަރަހައްދުން އަތުލައިގަތް މި މީހުންނަކީ ގަވައިދާ ހިލާފަށް ދަތުރުކުރާ ފެރީއަކުން، އިންޑިއާގެ ކެރެލާއިން ދެކުނު އެފްރިކާއަށް ގޮސް ކެނެޑާއަށް އެތެރެވެ ހިމާޔަތް ހޯދަން މަސައްކަތްކުރި ބައެއް ކަމަށް ޓެމިލް ނާޑޫ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވެއެވެ.

މީހުން އަތުލައިގަތީ މޫސުން ގޯސްވެ، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފެރީ ހުއްޓިފައި ވަނިކޮށް ކަމަށް ވެސް ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން ރާއްޖޭގެ ކަމާ ގުޅުން ހުރި އިދާރާއަކުން ބަހެއް ނުލިބެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!