ކުޅިވަރު ފުޓްބޯޅަ

ރާއްޖޭގެ މެޗަށް ޓިކެޓު ނުލިބުމުން ދަނޑަށް ވަދެގެންފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވަގުތު ފޮޓޯ/އަބްދުﷲ އަބީދް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ލަންކާ މާދަމާ ހަވީރު ބައްދަލު ކުރާ މެޗަށް ޓިކެޓު ނުލިބުމުން، އާންމުންގެ ތެރެއިން ބަޔަކު ދަނޑަށް ވަދެގެންފިއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓު މިއަދު ހެނދުނު ވިއްކަން ފެށިތާ ދެ ގަޑިއިރުގެތެރޭ 5000 ޓިކެޓު އެއްކޮށް ވަނީ ވިކި ހުސްވެފައެވެ.

ޓިކެޓު ހުސްވުމުން އާންމުންގެ ތެރެއިން ބަޔަކު ގަލޮޅު ދަނޑުތެރޭގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

އަނެއް ބަޔަކު އޮލިމްޕަސް ކުރިމަތީގައި ހުރި ކައުންޓަރު ކައިރީގައި ނުރުހުން ފާޅު ކުރަމުން ދާއިރު، އެއް ބަޔަކު މަގުމަތީގައި އިށީނދެގެން ތިބެ ވެސް މުޒާހަރާ ކުރަމުން އެބަދެއެވެ.

މާދަމާގެ މެޗަށް ޓިކެޓު ނުލިބުމާ ގުޅިގެން އާންމުން ދަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިސްތިއުފާ ދިނުމަށް ވެސް ގޮވައިލަމުންނެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ ގިނަ ޓިކެޓުތައް ވަނީ ބައްސާމް ބޭނުން ބަޔަކަށް ބަހައިލައިފައި ކަމަށެވެ.

މަޖީދީ މަގުގައި ލައުޑް ސްޕީކަރު ހިފައިގެން މުޒާހަރާ ކުރަމުން ދާއިރު، ފުލުހުން މިވަގުތު ތިބީ ޓިކެޓު ކައުންޓަރ ކައިރީގައެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ، ޓިކެޓް ކިޔުގައި ތިބި އިރު ޓިކެޓު ނުލިބުމަކީ މައްސަލައެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!