ސަރުކާރު

މެޗުތަކުގެ ޓިކެޓު ފަސޭހައިން ލިބޭނެ ގޮތް ރާވައިދެއްވާނެކަމުގެ ވައުދުފުޅާއެކު، މަޙްލޫފް އެނބުރި ރަސްމީ މަސައްކަތަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ގަލޮޅު ދަނޑުން ބަލައިލުމަށް ޓިކެޓު ނެގުމުގައި ދިމާވި ދަތިތައް، ކުރިއަށް އޮތް މެޗުތަކުގައި ޙައްލު ކޮށްދެއްވާނެ ކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް ކޮމިއުނިޓީ އެންޑް އެމްޕަވާމެންޓް އަޙުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅުން ހުންނަ ކަމަށް ވިދާޅުވެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތުހުމަތާ ގުޅިގެން މަގާމުން ސަސްޕެންޑު ކުރުމަށްފަހު، ހަތަރު މަސް ދުވަސް ފަހުން މިނިސްޓަރ މަޙްލޫފްގެ ސަސްޕެންޝަން ރޭގައި ވަނީ އުވައިލައިފައެވެ.

މިނިސްޓަރ މަޙްލޫފްގެ ސަސްޕެންޝަން އުވައިލީ ހަތަރު މަސްވީއިރު ވެސް މައްސަލައިގައި ދައުވާ ކޮށްފައި ނުވާތީއެވެ.

ސަސްޕެންޝަން އުވައިލުމާ އެކު ރަސްމީ މަސައްކަތަށް އެނބުރި ނުކުންނަވައި މިނިސްޓަރ މަޙްލޫފް މިއަދު ކުރެއްވި ފުރަތަމަ ޓްވީޓުގައި ވިދާޅުވީ، މިއަދުގެ މެޗު ބަލަން ޓިކެޓު ހޯދުމަށް އިއްޔެ ސަޕޯޓަރުންނަށް ދިމާވި ދަތި އުނދަގުލަށް މާފަަށް އެދިލައްވާ ކަމަށެވެ.

"އެފްއޭއެމް އާއި ވާހަކަ ދައްކައިގެން ވީހާވެސް ގިނަ ބަޔަކަށް، މިހާރަށްވުރެ ފަސޭހަކޮށް ޓިކެޓު ލިބޭނެގޮތް ކުރިއަށްހުރި މެޗުތަކަށް އިރާދަކުރެއްވިއްޔާ ރާވަދޭނަން" މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ރާއްޖެއާއި ޝްރީ ލަންކާ ކުޅޭ މެޗަށް ޓިކެޓު ވިއްކަން ފެށީ އިއްޔެ ހެނދުނު 10:00އިން ފެށިގެންނެވެ. ނަމަވެސް 7:00އިން ފެށިގެން އާންމުން ވަނީ ޓިކެޓު ގަންނަން ކިޔު ހަދައިފައެވެ.

ޓިކެޓު ވިއްކަން ފެށިތާ ދެ ގަޑިއިރު ނުވަނީސް 5،000 ޓިކެޓު އެއްކޮށް ވިކި ހުސްވެއްޖެ ކަމަށް އެފްއޭއެމްގެ އޮފިޝަލުން ބުނުމުން، އާންމުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް، އެ ސަރަހައްދުގައި އިހުތިޖާޖުކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާއަށް ވެސް ގޮވައިލައިފައެވެ.

Ads by HDC
  1. ޖާޒީ

    ޖާޒީވެސް ކިއުގަ

  2. ބިރު

    މަހުޅުފުދެކެ ސަރުކާރު ހާދަ ބިރެކޭ މިގަތީ. ހަގީގަތަކީ ކޮބާބާ؟