އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިނިސްޓަރުކަމުން ސަސްޕެންޑް ކޮށްފައި ހުންނަތާ ހަތަރުމަސްފަހުން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފުގެ ސަސްޕެންޝަން އުވައިލުމުން ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ފާޑުވިދާޅުވެއްޖެއެވެ.
މަލީހް މިއަދު ކުރެއްވި ޓްވީޓެއްގައި ޕީޖީ ޝަމީމަށް ފާޑު ވިދާޅުވެ "4 މަހުން ނުވި" ކަމަށް ވަނީ ވިދާޅުވެފައެވެ.
"ތިމަންނާމެންނަށް ބާރާ މަޤާމް ލިބިއްޖެ ނަމަ އިންސާފަކީ އެންމެނަށް އޮތް ސަރާސަރު މަގެއްގެ ގޮތުގައި ހަދާނެ ކަމަށް ވިދާޅުވި ޕީޖީ ޝަމީމުމެން މިއަދު ކަން މިކުރާ އުސޫލު އަންނާން އޮތް ޖީލުތަކަށް ފޮތްތަކުގައި ނުލިޔެފިއްޔާ ރަނގަޅު. ސަސްޕެންޝަންގެ މުސާރަޔަށް ޒިންމާ ވަނީ ކާކު؟ 4 މަހުން ނުވި" މަލީހްގެ ޓްވީޓް ގައި ވިދާޅުވިއެވެ.
މަޙްލޫފް ސަސްޕެންޝަން ރޭ ނިމުމަކަށް ގެނެސްފައި ވަނީ ހަތަރު މަސްވީއިރު ވެސް މައްސަލައިގައި ދައުވާކޮށްފައި ނުވާތީއެވެ.
ހަތަރު މަސް ދުވަހުގެ ސަސްޕެންޝަނަކަށް ފަހު މަޙްލޫފް އެނބުރި ރަސްމީ މަސައްކަތަށް މިއަދު ވަޑައިގަތުމުން، އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެެވެ.
މަޙްލޫފް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފިކަން އޭސީސީގެ ތަހުގީގަށް ސާބިތުވެ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވުމާ އެކު އެކަމުގައި ޕީޖީ އޮފީހުން ވަކި ގޮތެއް އަންގަންދެން، ވަޒީފާގެ މަސްޢޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަން އެމަނިކުފާނަށް އެންގީ މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހުއެވެ.
ކަލެއަކީ ރުޅި އަންނަން ދެން ކާކު
ޔާމީނުއައްވެސްއެގޮތައް ކަންތައްކޮންދިނުންރަގަޅުވާނެނު މޑޕ ގެއެކަނިރައީސެއްތަ ރާޖޭގެ އެތްމެއްގެވެސްރައީސެންނު ކީވެތަފާތުކުރުން ގެންގުޅެއްވީޔާމީނު ނެގިފައިސާއެތްވެސނޫނެންނު ޔާމީނަން ރުފިޔާގެދައުވާޔާ ޖަލުގެދައުވާ އަބުރާގެންދަވާ އެތްކޮން މިނިވަން ކުރައްވަވާ
ޢެކިމީހުންނަން އެކިގޮތް ހަދައްޔާރުޅިއަންނާނެނު ބަލައެއީމަލީހެންނު