ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމުގެ ވިސްނުން އަދިވެސް ދޫކޮށްނުލައްވާ ކަމަށާއި އެހެން ނަމަވެސް އެމަސައްކަތް އިތުރަށް ކުރިއަށް ގެންދަވާނެ ގޮތެއް ނިންމަވާނީ ރައީސް ސޯލިހާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
މީގެ ކުރިން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާ އެކު އިތުރަށް ސިޔާސީ މަސައްކަތުގައި ދެމި ހުންނެވެން ނެތްކަމަށް ވިދާޅުވެފައެވެ. ރައީސް ސޯލިހާ އެކު އަނެއްކާ ވެސް ސިޔާސީ މަސައްކަތް ކުރިއަށް ގެންދަވަން ނިންމެވީތޯ ސުވާލު ކުރެއްވުމުން ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅާއާ ވާހަކަ ނުދައްކަވައި ހުންނަވަން ޖެހިވަޑައިގެން އެކަން ކުރެއްވި ނަމަވެސް، އިބްރާހިމް މުހައްމަދު ސޯލިހާ ފަރުދީ ހައިސިއްޔަތުން ވާހަކަ ނުދައްކާ ހުރުމަކީ ހިތު އަޅައިގެން ނުހުންނަވާ ކަމެއް ކަމަށެވެ. ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާ ވާހަކަ ނުދައްކަވަން ވެސް ހިތުއަޅައިގެން ނުހުންނަވާ ކަމަށެވެ.
"އަޅުގަނޑު ދެންނެވި ވާހަކައަކީ މަޖިލިހަށް ހުށަހެޅޭ ބިލުތައް ޑްރާފްޓް ކުރެވިފައިވާ ގޮތްތަކަކީ އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށްވާ ޑްރާފްޓްތަކަކަށް ވުމުގެ ބޭނުންތެރިކަން ބޮޑޭ. އެއީއޭ އަޅުގަނޑާ ރައީސުލްޖުމްހޫރިއްޔާއާ ފުންކޮށް ދައްކަން އޮތް ވާހަކައަކީ" ނަޝީދު ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި ވެސް ރައީސް ސޯލިހާ އެކު މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ބަރުލަމާނީ ނިޒާމުގެ މަޝްވަރާތައް ރައީސާ އެކު ކުރިއަށް ގެންގޮސް އެކަން ކުރިއަށް ގެންދަން ރާއްވަވާ ގޮތެއް މީޑިއާތަކާ ވެސް ހިއްސާ ކުރައްވާނެކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.
މިމީހަކު ވެރިކަން ބޭނުންވާވަރުންގޮސް ހަލާކުވެ ހިތް ހުއްޓެނީއެވެ. ބަރުލަމާނީ ގެނެވުނީމަ ބޮޑުވަޒީރަކަށްވެ، ސޯލިހް ހުންނާނީ ރަމްޒީ މީހެއްގެ ގޮތުގައި. އެހެންވެ، ހިޔަޅު ކަމުން ގޮސް ޕާރޓީގެ ވެރިކަންވެސް އެހުރީ ފޭރިގަނެގެން.
“މީގެ ކުރިން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާ އެކު އިތުރަށް ސިޔާސީ މަސައްކަތުގައި ދެމި ހުންނެވެން ނެތްކަމަށް ވިދާޅުވެފައެވެ ” މީނަޔަކީ ނުކުރާނަމޭ ބުނާ ކޮންމެ ކަމެއް ކުރާނެ މީހެއް ، ރައްޔިތުން ގުބޯ ހައްދަން ކުރާހާކަންކަން ، ތިދެމީހުނަކީ އެއްބައެއް އެއްކަމެއްކުރަން އުޅެ ދެ މިތުރުން މިކަން ނޭގޭ ނީ ރީނދޫ ހުންޖެހިފަތިބިމީހުން. އިސްލާމްދީނާ ދެކޮޅު މީހުނަށް.