ބޮލީވުޑް

ކަރީނާއަށް މުޅި ދުނިޔެއިން ވެސް އެންމެ "ހެންޑްސަމް" ފިރިހެނަކީ ސައިފް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިއްޔެއަކީ ބޮލީވުޑްގެ އެންމެ މަގްބޫލު އެއް ޖޯޑު ކަމަށްވާ ކަރީނާ ކަޕޫރް ޚާންއާއި ސައިފް ޢަލީ ޚާންގެ ކައިވެންޏަށް 9 އަހަރު ފުރުނު ދުވަހެވެ.

Ads by MWSC

އެނިވާސަރީއާ ގުޅިގެން ދެމަފިރިންގެ ކުރީގެ ފޮޓޯއެއް ހިއްސާ ކުރަމުން ކަރީނާ ބުނީ ސައިފަކީ އޭނާއަށް މުޅި ދުނިޔެއިން ވެސް އެންމެ "ހެންްޑްސަމް" ފިރިހެނާ ކަމަށެވެ.

ކަރީނާއާއި ސައިފް ކައިވެނި ކުރީ 2012ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހުގައެވެ.

އެ ދެމަފިރިންގެ ފުރަތަމަ ދަރި ތައިމޫރް ޢަލީ ޚާން އުފަންވީ 2016ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި އެ ދެމަފިރިންނަށް ދެވަނަ ދަރިއަކު ލިބިފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ.

ދެވަނަ ދަރި ލިބުމަށް ފަހު ކަރީނާ ވަނީ އޭނާ ބަލިވެއިން ދުވަސްތަކުގެ ތަޖުރިބާ ފޮތެެއްގެ ސިފައިގައި ނެރެފައެވެ. އެ ފޮތުގައި އޭނާ ވަނީ ބަލިވެއިން ދުވަސްވަރު ކުރިމަތިވި ކަންތައްތަކާއި އެކަންކަމުގައި ސައިފްގެ އެހީތެރިކަން ލިބުނު މިންވަރު ވެސް ހިއްސާ ކޮށްފައެވެ.

Ads by Ooredoo
  1. ބޮންޑޭ

    ތިޔަހެން ބުނާނީ

  2. އަމްރީތާ

    ތިޔައީ ނުބުންޏަކަސް އެނގޭ ކަމެއްނު، އެހެންވެތާ ދެދަރިންގެ ބަފާވެސް ކަމުދިޔައީ.

  3. ޖައިޝް

    އަހަރެމެންނަށް ހެޔޮ! ސައިފް ކަރީނާއާއި އިންނަންވެގެން ދީން ވިއްކާލައިފަ ހުރި މީހެއް!