ޝިޔާމްގެ ރައްދު އަމީރަށް: އިގްތިސޯދާ އެއްވަރަށް އެއާޕޯޓު ގުޅިފައި ވަނީ ރާއްޖޭގެ މިނިވަންކަމާ
ރާއްޖޭގެ އިގްތިސޯދާ އެއްވަރަށް އެއާޕޯޓު ގުޅިފައި ވަނީ މި ޤައުމުގެ މިނިވަންކަމާ ކަމަށް ވިދާޅުވެ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ރައްދު ދެއްވައިފިއެވެ.
މެންބަރު ޝިޔާމް މިފަދައިން ރައްދު ދެއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރަށް ދީފައި އޮއްވައި އެ އެއްބަސްވުން ބާތިލްކޮށް، ޖީއެމްއާރް ބޭރުކުރުމަކީ އިގްތިސާދީ ގޮތުން ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު ޖަރީމާކަމަށް ފިނޭންސް މިނިސްޓަރު ރޭ ވިދާޅުވުމުންނެވެ.
މިނިސްޓަރ އަމީރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖީއެމްއާރް އަތުން އެއާޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަންއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށާއި އަދި އެއާޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާ ކުރުމަށް ދެން ސަރުކާރަށް ޖެހުނީ ބަޖެޓުން މަޝްރޫޢު ފައިނޭންސް ކުރަން ކަމަށެވެ.
"މިކަމަށް ޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައި. މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ވަނީ ބަޖެޓުން ޖާގަ ނުދެވިފައި" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި މެންބަރު ޝިޔާމް މިއަދު ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓް ދިނީ ބޮޑުތަނުން ދައުލަތް ދަރުވައި ފައިސާކޮޅެއް ހޯދުމުގެ ނަމުގައި އިންޑިއާގެ ކުންފުންޏަކަށް ދިވެހިން މައި ދޮރޯށި ދިނުމުގެ ނުބައި ވިސްނުމެއް ކަމުގައެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އަމާޒު ކުރައްވައި މެންބަރު ޝިޔާމު ވަނީ، މިނިސްޓަރު އަމީރު ލައްވައި ޓްވީޓު ކުރުވަނީ ކޮން ކަމެއްގެ އަޖުމަ ބަލަންތޯ ސުވާލު ކުރައްވައިފައެވެ.
އނެއްކާ ޖީ.އެމް.އާރްގެ ކުޅިގަނޑޫ ފެށެނީ.
މޑޕ ގާތިބޭނީވަޒީފާތަކުގާމުޅިންވެސް ކުފޫހަމަނުވާމީހުން ދެއްކޭނީ ތާކުންތާކުނުޖެހޭވާހަކައެތނު
އަމީރުއަށް ކަނޑައެޅިގެން އެނގިލައްވާނެ ވެގެން އުޅޭގޮތް ދެއްތޯ ދެން ކީއްކުރައްވަން ދޮގުވާހަކަ ތިފަތުރުއްވަނީ. މާ ރަނގަޅުވާނެ ތި ދޮގުތައް ހެއްދެވުމަށްވުރެ އިސްތިއުފާ ދެއްވިޔަސް.