ޚަބަރު ސިޔާސީ

މަގުމަތީގައި އުޅެފައި އައިސް ޤައުމެއް ނުހިންގޭނެކަން އެމްޑީޕީއިން ދަނީ ސާބިތުކޮށްދެމުން: މަލީހް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ކުރީގެ ޔޫތު މިނިސްޓަރ މަލީހް؛ފޮޓޯ ރަައްޔިތުްންގެ މަޖިލިސް

މަގުމަތީގައި އުޅެފައި އައިސް ޤައުމެއް ނުހިންގޭނެކަން އެމްޑީޕީއިން ދަނީ ސާބިތުކޮށްދެމުން ކަމަށާއި އެމްޑީޕީއިން މިހާރު އިސް އެކުރަނީ ބަދަލު ހިފުމާއި ހަސަދަކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކި ކުރުމުން ފާޑުވިދާޅުވެ މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ތެރެއިން ފެންނަނީ ގާނޫނީ ހުސްކަން ކަމަށެވެ.

"މަގުމަތީގައި އުޅެފައި އައިސް ޤައުމެއް ނުހިންގޭނެކަން އެމްޑީޕީއިން ސާބިތުކޮށްދެމުން އެދަނީ. އެގަހު ކޭލެއް މިގަހު ކޭލެއް ނޭގި ދައުލަތުގައި ދަބަރުޖަހަން ފަށައިފި. އެމްޑީޕީއިން މިހާރު އިސް އެކުރަނީ ބަދަލު ހިފުމާއި ހަސަދަ. ފެންނަނީ ޤާނޫނީ ހުސްކަން. ދެން އިސްތިއުފާ ދެއްވާ." މަލީހްގެ ޓްވީޓްގައި ވިދާޅުވިއެވެ.

 

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކި ކޮށްފައިވާކަން އަންގައި، ރައީސް އޮފީހުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދައިފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް"އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅާފައި ނުވާތީ، ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތްއޮތުން ބަދަލުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާ ކަމަށެވެ.

ދިވެހި ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ނެގުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. މިގޮތުން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ ހޯމް މިނިސްޓްްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމަކީ ކަނޑައެޅިގެން ބޮޑު އޮޅުވައިލުމެއް ކަމަށާއި މިއީ ވާނުވާ ނޭނގޭ ސަރުކާރެއް ކަމަށެވެ.

Ads by Allied Insurance
  1. ޙުސައިން

    ތިދެން ޤައުމު ހިންގޭ ބަޔަކު ނުފެނުނެއްނު… ޖަމީލުބޭވެސް ދައްކާ ވާހަކައެއް ނުދައްކާ ވާހަކައެއް ނޭނގެ… ޔާމީން ބޭގެ ވަކީލުކަން ލިބުނު ހިސާބުން ވެރިކަން ކަޑަވެއްޖެ…