ޚަބަރު އިޖުތިމާޢީ

"ރިވެލި ތަރި"އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
2019ވަނަ އަހަރު ބޭއްވި “ރިވެލި އެވޯޑް” ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް ނިއުސް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއިން "ރިވެލި ތަރި"އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެެވެ.

Ads by STELCO

"ރިވެލި ތަރި"ގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ތެރެއިން އެކި ދާއިރާތަކުން ހުނަރުވެރިން ކުރަމުން އަންނަ މަސައްކަތާއި އުފެއްދުންތައް ދައްކާލުމާއި، އެފަރާތްތަކުގެ މަސައްކަތާއި އުފެއްދުންތައް ކުރިއަރުވާ މާކެޓު ކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ގާބިލުކަމުގެ މައުލޫމާތު ފުޅާ ދާއިރާއެއްގައި ފަތުރައި އަދި ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންގެ ތެރެއިން މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ.

"ރިވެލި ތަރި"އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފައި ވަނީ 12 އޮކްޓޫބަރ 2021 ވާ އަންގާރަ ދުވަހުން ފެށިގެންނެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެފަރާތުން ބައިވެރިވާން ބޭނުންވާ ކެޓަގަރީއަކުން 2 މިނިޓާއި 5 މިނިޓާ ދެމެދުގެ ވީޑިއޯއެއް ތައްޔާރު ކުރަންޖެހޭނެ ކަމަށެވެ. އަދި އެ ވީޑިއޯ އެކަމަށް ކަނޑައަޅައިފައިވާ ފޭސްބުކް ޕޭޖަށް މިނިސްޓްރީން އަޕްލޯޑް ކުރާނެއެވެ. މި މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުމުން ވީޑިއޯ އަޕްލޯޑް ކުރަންވީގޮތުގެ މަޢުލޫމާތު މިނިސްޓްރީން ހިއްސާކުރާނެއެވެ.

ރިވެލި ތަރިއަށް ހުށަހަޅާ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ސީޓްރެކް ބިލްޑިންގް (7ވަނަ ފަންގިފިލާ) ގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބޭނެއެވެ.

"ރިވެލި ތަރި"އަށް ކުރިމަތި ލުމުގެ އެންމެ ފަހުތާރީޚަކީ 15 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިންނެވެ.

Ads by HDC
  1. ދެލޯފުޅާ މާތަﷲ އިރާދަކުރެއްވިއްޔާ 2023ގެ ރިޔާސީ އިންތިޚާބު އިބްރާހީމް މުޙައްމަދު ޞާލިޙަކަށް ކާމިޔާބެއް ނުކުރެވޭނެ އާމީން
    އިރާދަކުރެއްވިއްޔާ އިންތިޚާބު މިފަހަރު ވަގަށްނެގިޔަކަ ނުދޭނަން