ބޮލީވުޑް މުނިފޫހިފިލުވުން

ޖަލުގައި އާރްޔަންއަށް ދެނީ "ވީއައިޕީ" ހިދުމަތެއް ނޫން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އާރްޔަން ހާންއަށް ޖަލުގައި ދެނީ "ވީއައިޕީ" ހިދުމަތް ނޫންކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Ads by MWSC

ކަފާލާތުގެ ދަށުން އާރްޔަން މިނިވަން ނުކުރުމަށް ކޯޓުން ނިންމައިފައިވާއިރު އޭނާ މިހާރު ހުންނަނީ އާރތޫރް ރޯޑް ޖަލުގައެވެ. އަދި އޭނާއަށް ވަކިން ހާއްސަ ހިދުމަތްތަކެއް ދެމުން ނުދާކަމަށާއި އޭނާއަށް ކާން ދެނީ ވެސް ޖަލުގައި ތިބި އެހެން މީހުންނަށް ވެސް ކާން ދޭ ކާނާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާ ބިސްކޯދު ކަނީ އާއިލާއިން ފޮނުވާ ފައިސާއިން ޖަލުގެ ކެންޓީނުން ގަނެގެން ކަމަށާއި އޭނާ ހައްޔަރުކޮށްފައިވާ ގޮޅީގައި އިތުރު މީހެއް ވެސް ހުންނަކަމަށް ރިޕޯޓްތައް ބުނެއެވެ.

އާރްޔާން ހައްޔަރުކުރި ދުވަހު ބައެއް މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި އޭނާ ހުރީ މަސްތުގެ ހާލަތުގައެވެ. އެހެން ނަމަވެސް މިހާރު ރިޕޯޓުތައް ބުނަނީ މަސްތުވާތަކެއްޗަށް އާރްޔާން ޕޮޒިޓިވް ނޫން ކަމަށާއި އޭނާގެ ގައިން ވެސް މަސްތުވާ އެއްވެސް ބާވަތެއް ފެނިފައި ނުވާކަމަށެވެ.

އެންސީބީއަށް ސުވާލުކުރަން ގެންދިޔުމުން އާރްޔާން ވަނީ އޭނާ މަސްތުވާތަކެތި ބޭނުންކުރާތާ 4 އަހަރު ވެފައިވާކަމަށް އެއްބަސްވެފައެވެ. އަދި އޭނާއާއި ދުނިޔޭގެ ބައެއް ބޮޑެތި ޑްރަގް ޓްރެފިކިންގް ނެޓްވޯކުތަކާއި ގުޅުން އޮންނަކަން ވެސް އެންސީބީއަށް ފަޅައިއަރައިފައިވާކަމަށް މައުލޫމާތު ލިބެއެވެ. ރިޕޯޓުތައް ބުނާގޮތުން އާރްޔާންގެ ފޯނުން އެކަމަށް ހެކިދޭ ޗެޓްލޮގުތަކެއް ވެސް ވަނީ ފެނިފައެވެ.

ކްރޫޒްލައިނަރަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ (އެންސީބީ)އިން އާރްޔަން ހައްޔަރު ކުރި ފަހުން މިއަދަށް 20 ދުވަސް ވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ކަފާލާތުން ދޫކޮށްލުމަށް އެދި ހުށަހެޅި މިއީ ތިންވަނަ ފަހަރެވެ.

Ads by HDC
  1. ނަމެއްނެތް

    ވީއަޕީދޭން އޭނައަކީހާއްސަމީހެއް ނޫން . އޭނައަށް ލިބިފަވާމުއްސަދިކަންއެއީއެހެން ކަމެއް .