ބޮލީވުޑް މުނިފޫހިފިލުވުން

"ޝާހިދު މަޝްހޫރުވީ ވަރަކަށް، އޭނަގެ އަންހެނުންލާ ހެދުންތައް ވަނީ ކުރު!"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރާއި އޭނާގެ އާއިލާ ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު، ރޭ ވަނީ އެނބުރި މުމްބާއީއަށް ގޮސްފައެވެ.

Ads by MWSC

ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖްޕޫތު އަދި ދެ ދަރިން ކަމުގައިވާ މީޝާއާއި ޒައިން އިންޑިއާއަށް އެނބުރި ގޮސް، އެއާޕޯޓުން ނުކުތް މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް މިހާރު އެ ޤައުމުގެ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.

އެ ފޮޓޯތައް އާންމުވުމާ އެކު، ބައެއް އާންމުން ވަނީ މީރާ ލައިގެން ހުރި ހެދުމަށް ވަރަށް ބޮޑަށް ފާޑުކިޔައި ޓްރޯލް ކޮށްފައެވެ.

ދޮށީ ދަރި މީޝާގެ އަތުގައި ހިފައިގެން މީރާ ހިނގާފައި ކާރާ ދިމާލަށް ދިޔައިރު، އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ސްވެޓަރަކާއި ކުރު ޑެނިމް ސޯޓެކެވެ. މީރާ ލައިގެން ހުރި ސޯޓު ކުރުކަމުން ވަރަށް ގިނަ މީހުން ވަނީ އެކަމާ އޭނާއާ ދިމާލަށް ފާޑުކިޔައިފައެވެ.

އޭގެ ތެރެއިން އެކަކު ބުނީ، ދަރިފުޅު އެއްކޮށް ހެދުން ލައިގެން ހުރި އިރު މީރާ ހުރީ ރަނގަޅަށް ހެދުން ނުލާ ކަމަށެވެ. އެހެން މީހަކު ބުނީ، ޝާހިދު މަޝްހޫރުވީ ވަރަކަށް އޭނާގެ އަންހެނުންގެ ހެދުންތައް އަންނަނީ ކުރުވަމުން ކަމަށެވެ.

ފަހަކަށް އައިސް ޝާހިދުގެ އަންހެނުން މީރާ ލާ ހެދުންތަކާ ގުޅިގެން އާންމުން ވަރަށް ގިނައިން ފާޑު ކިޔައި ފުރައްސާރަ ކުރެއެވެ.

  1. ނުުނޫ

    ރާއްޖޭއްގެ ތަރިން ލާއެއްޗެހި ވަކި ސަހަލުތަ؟