ލައިފްސްޓައިލް ލުއި ޚަބަރު

ބޮލުން އިސްތަށި ފޭބުން ހުއްޓުވުމަށް މިކަންކަން ކޮށްލާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގިނަ މީހުން ބުނާ ގޮތުގައި ފިކުރު ބޮޑުވުމަކީ ބޮލުން އިސްތަށި ފޭބުމަށް މެދުވެރިވާ އެއް ސަބަބެވެ. ނަަމަވެސް ބޮލުން އިސްތަށި ފޭބުމަކީ ވެސް އިންތިހާއަށް މީހުން ފިކުރު ބޮޑުވާ ކަމެކެވެ.

Ads by Sosun Fihaara

މިކަމަށް ހައްލެއް ހޯދުމަށް ޓަކައި އެކި މީހުން އެކި ކަންތައް ކުރެއެވެ. އެ ގޮތުން އެއްބަޔަކު ބްރޭންޑެޑް އަގުބޮޑެތި ޝޭމްޕޫއާއި ކޮންޑިޝަނަރ ބޭނުން ކުރާއިރު އަނެއް ބަޔަކު މިކަމަށް ހައްލެއް ހޯދަން ދަނީ ސެލޫން ތަކަށެވެ.

ނަމަވެސް މިކަމަކީ ގޭގައި ހުރެގެން ވެސް، ހަރަދު ކުޑަކޮށް ހައްލެއް ހޯދި ދާނެ ކަމެކެވެ. އެގޮތުން ތިރީގައި އެވަނީ ބޮލުން އިސްތަށި ފޭބުން ހުއްޓުވުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

▪︎ ކުކުޅު ބިސް ހެއާ މާސްކް
ކުކުޅު ބިހުން ދުވާ ނުބައި ވަހުން ބައެއް މީހުން މި މާސްކު ބޮލުގައިލާން ޖެހިލުންވެއެވެ. ނަމަވެސް ޕްރޮޓީނާއި، ސްލްފަރ، ޒިންކް އަދި ފޮސްފޮރަސްއިން ފުރިގެންވާ ބިހަކީ އިސްތަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ.
މި މާސްކު ތައްޔާރު ކުރުމަށް 1 ކުކުޅު ބިހުގެ ތެރެއަށް އެއް ސައިސަމުސާ މާމުޔާއި ޒައިތޫނި ތެޔޮ އެއްކޮށްލައިފައި ބޮލުގައި ހާކާލާށެވެ. އަދި 25 މިނެޓު ފަހުން ޝޭމްޕޫ ލައިގެން ފިނިފެނުން ބޯ ދޮންނާށެވެ.

▪︎ ކާށިތެލުން މަސާޖުކުރުން
މިއީ އިންޑިއާގެ ގިނަ ބަޔަކު ބޭނުން ކުރާ ރެމެޑީއެކެވެ. ތާޒާ ކާށި ތެޔޮ ފޮދެއް ކުޑަކޮށް ހޫނު ކޮށްލުމަށް ފަހު، ބޮލުގައި ހޭކޭވަރަށް ހިހޫ ކޮށްލައިފައި ތަލައިގައި ހާކާނީއެވެ. އެއަށް ފަހު ރަނގަޅަށް ބޯ މަސާޖު ކޮށްލައިފައި މުޅި ރޭ އެއްކޮށް، ނުވަތަ 20 ވަރަކަށް މިނެޓު ބެހެއްޓުމަށް ފަހު ޝޭމްޕޫ ލައިގެން ބޯ ދޮންނާނީއެވެ.

▪︎ ގްރީން ޓީ ކްލެންސަރ
ސައިފަތަކީ ވެސް އިސްތަށިގަނޑު ވަރުގަދަ ކޮށްދޭ އެއްޗެކެވެ. ސައިފަތުގެ ތެރެއިން ވެސް ގްރީން ޓީއަކީ އިސްތަށި ފޭބުމަށް ހައްލެއް ކަމަށް ކަމާ ބެހޭ މާހިރުން ބުނެއެވެ.
ފުރަތަމަ 1 ނުވަތަ 2 ގްރީންޓީ ސައިފަތް ޕެކެޓު ހޫނު ފެން ޖޯޑަކަށް ލާފައި މަތި ޖަހައިފައި ބަހައްޓާށެވެ. ގާތްގަނޑަކަށް 5 މިނެޓު ފަހުން މަތި ނެގުމަށް ފަހު، ސައިފަތު ފެންފޮދު އިސްތަށިގަނޑަށް އަޅާލާފައި ރަނގަޅަށް މަސާޖު ކޮށްލާށެވެ. އަދި އޭގެ އެއް ގަޑިއިރު ފަހުން އާދައިގެ ފެނުން އިސްތަށިގަނޑު ދޮވެލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!