ޚަބަރު ރައްޔިތުންގެ މަޖިލިސް ސަރުކާރު

އަންނަ އަހަރަށް ލަފާކޮށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

2022ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ހުށަހަޅާނީ ޕްރޮގުރާމް ބަޖެޓެއް ކަމަށެވެ.

2022ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 36,925,424,524 ރުފިޔާއެވެ.

މި ބަޖެޓަކީ 9.7 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ. އަންނަ އަހަރު އާމްދަނީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެއެވެ. އަދި15.4 ބިލިއަން ރުފިޔާ އަކީ ޓެކުހުގެ އާމްދަނީއެވެ. ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް 6.3 ބިލިއަން ރުފިޔާ ވެސް ކަނޑައަޅައިފައިވެއެވެ. އަދި ދައުލަތުގެ ދަރަނި އަދާކުރުމަށް 2.9 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މި ބަޖެޓު ފައިނޭންސް ކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި ބަޖެޓް ތައްޔާރުކޮށްފައި ވަނީ "ފާގަތި ދިރިއުޅުމަށް" ޝިޔާރުގެ ދަށުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!