ކުޅިވަރު ފުޓްބޯޅަ

ލަންކާގައި ކުޅޭ މުބާރާތަށް ސަޕޯޓަރުންނަށް ވަދެވޭނެކަމާ މެދު ސުވާލުތަކެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި ފެށޭ ނޮވެމްބަރު މަހުގެ 8އިން 17އަށް އަވަށްޓެރި ޝްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ފެށުމަށް ހަމަޖެހިފައިވާ "ފޯ ނޭޝަންސް ފުޓްބޯލް ޓޯނަމެންޓް" ނުވަތަ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ކަޕް"ގައި ސަޕޯޓަރުންނަށް ކުޅި ބަލަން ދަނޑަށް ވަދެވޭނެކަމާ މެދު ސުވާލުތަކެއް ފެންމަތިވެއްޖެއެވެ.

Ads by MWSC

ޝްރީ ލަންކާއަކީ ވެސް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޤައުމެއް ކަމަށްވާތީ، ދިވެހި ޤައުމީ ޓީމު ކުޅޭ މެޗު ބަލަން ދިޔުމަށް އެ ޤައުމުގައި ތިބި ދިވެހި ސަޕޯޓަރުން ވަނީ ވަރަށް ކުރިޔާލައި ތައްޔާރުވާން ފަށައިފައެވެ.

އެގޮތުން މީސް މީޑިއާ ގްރޫޕްތަކުގައި ވެސް މި މުބާރާތުގެ ވާހަކަ ގަދަޔަށް ދެކެވެމުން ދާއިރު، ޤައުމީ ޓީމުގެ ޖާޒީ ވެސް އެތައް ބަޔަކު ގަނެފައިވެއެވެ.

ނަމަވެސް، ކޮވިޑާ ގުޅިގެން ލަންކާގެ ހެލްތު މިނިސްޓްރީން އާންމު ކުރި އައު އުސޫލަށް ފަހު، އެ މުބާރާތް ބަލަން ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން މިދިޔަ ހުކުރު ދުވަހު ވަނީ، މި ފެށޭ ނޮވެމްބަރު މަހުގެ 1 އިން 15އަށް އަމަލު ކުރަންވީ އާ އުސޫލެއް ކަނޑައަޅައިފައެވެ. އެ އުސޫލުގައިވާ ގޮތުން ނަމަ، ކުޅިވަރުތައް ކުޅުމަށް ހުއްދަ އޮތް ނަމަވެސް، ކުޅި ބަލާ ފަރާތްތަކަށް ނުތިބެވެއެވެ.

ކުޅިވަރު ބަލަން ނުވަދެވުމުގެ އިތުރުން، އާ އުސޫލުގައި އިތުރު ގިނަ ކަންތައްތަކެއް ވެސް ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް އެކަންކަމަށް ލަންކާގެ ގިނަ ރައްޔިތުން ބޯނުލަނބައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!