ޚަބަރު

އެމްއެންޕީއިން މެމްބަރޝިޕް ފޯމް، ވަގަށް ފުރައިފައިވާ މައްސަލައެއް!

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރަން ހުށަހެޅި މެމްބަރޝިޕް ފޯމްތަކުގެ ތެރޭގައި ވަގަށް ފުރައިފައިވާ އެތައް ފޯމްތަކެއް ހިމެނޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Sosun Fihaara

"ދެން"އަށް ޔަޤީން ވެފައިވާ ގޮތުގައި ވަގަށް ފުރައިފައިވާ އެތައް ސަތޭކަ ފޯމެއް އެމްއެންޕީއިން ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފައެވެ. އަދި އެމްއެންޕީގެ ދަފްތަރުގައި ނަން އޮތް ބައެއް މީހުން ވަނީ އެކަން ހިނގައިދިޔަ ގޮތް ބަލަން އެ ޕާޓީއާ މުޢާމަލާތް ވެސް ކޮށްފައެވެ.

"ދެން"އާ ވާހަކަ ދެއްކި އިދިކޮޅު ޕީޕީއެމްގެ މެންބަރަކު ބުނީ އޭނާ ދުވަހަކު ވެސް އެހެން ޕާޓީއަކަށް ސޮއި ނުކުރާ ކަމަށާއި އެމްއެންޕީގައި އޭނާގެ ނަން އޮތް މައުލޫމާތު ލިބުމާ އެކު، އެ ޕާޓީގެ ލީޑަރު ކާނަލް މުޙައްމަދު ނާޒިމަށް ވެސް ގުޅުއްވި ކަމަށެވެ. އަދި އެ މައްސަލަ ހިނގައިދިޔަ ގޮތް ބަލައި ފިޔަވަޅު އަޅަން ހުށަހަޅާނެ ކަމަށް ނާޒިމަށް ދެންނެވުމުން ، ފޯމް ފުރުމުގައި މައްސަލަތަކެއް ހުރެދާނެ ކަމަށާއި އެކަން ބޮޑުކަމަކަށް ނުހެއްދެވުމަށް އެދިވަޑައިގަތް ކަމަށާއި އަދި އަންނަ އާދީއްތަ ދުވަހު ޕާޓީން ވަކިކޮށްދޭނެ ކަމަށް ނާޒިމް ވިދާޅުވިކަމަށް ވެސް އޭނާ ބުންޏެވެ.

އެމްއެންޕީގެ ދަފްތަރުގައި އޮތް ޓީޗަރަކު ބުނީ އޭނާ އެ ޕާޓީއަށް ސޮއި ނުކުރާ ކަމަށާއި އޭނާގެ ނަމުގައި އޮތް މެމްބަރޝިޕް ފޯމްގެ ސޮޔާއި ފިންގަރ ޕްރިންޓް ޗެކުކޮށްދިނުމަށް ފުލުހަށް ހުށަހަޅާނެ ކަމަށެވެ.

އެމްއެންޕީގެ ދަފުތަރުގައި އޮތް މީހުންގެ ތެރެއިން "ދެން"އިން ގުޅި އެމްޑީޕީގެ އެކްޓިވިސްޓެއް ބުނީ އޭނާއަކީ ދުވަހަކު ވެސް އެމްޑީޕީ ދޫކޮށް އެހެން ޕާޓީއަކަށް ދާނެ މީހެއް ނޫން ކަމަށާއި އަމުދުން ކާނަލް ނާޒިމް ލީޑް ކުރައްވާ ޕާޓީއަކަށް ދުވަހަކު ވެސް ނުދާނެ ކަމަށެވެ.

މިފަދަ ކަމެއް ހިނގާފައި ވޭތޯ "ދެން"އިން އެމްއެންޕީގެ ތަރުޖަމާނު އަސްރާ މުޙައްމަދު އާ ސުވާލު ކުރުމުން، ވިދާޅުވީ އެ ފަދަ އެއްވެސް މަޢުލޫމާތެއް އަދި ލިބިފައި ނުވާކަމަށެވެ.

"އަބަދުވެސް އެކިޔުޒޭޝަންތައް އަންނާނެ ، އެއީ ޙަޤީޤަތެއް ނޫން ، ސަޕްރައިޒްވެފައި މިހިރީ ވެސް ތި ވާހަކަ އިވުނީމަ" އަސްރާ ވިދާޅުވީ، ޕާޓީ ތެރެއިން އެކަހަލަ ކަމެއް ނުހިނގާ ކަމަށާއި އެ ފަދަ މައްސަލައެއް އުޅޭ ނަމަ ޕާޓީގެ ބޭފުޅަކާ ގުޅުއްވުމުން ޕާޓީއިން ވަކިވުމުގެ ކަންތައް ކުރިޔަށް ގެންދަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ހިނގާ ކަންކަމެއް ނޫން. އަޅުގަނޑުމެންނަށް އެނގިގެން ނުކުރޭ އެކަހަލަ ކަންކަމެއް"

ރެޖިސްޓްރާ ކުރާ މީހުން ކަށަވަރު ކުރުމަށް ފިންގަރ ޕްރިންޓް ބޭނުން ކުރަމުންދޭތޯ، އިލެކްޝަންސް ކޮމިޝަނާ ސުވާލު ކުރުމުން، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ ފިންގަރ ޕްރިންޓް ވެރިފައި ކުރެވޭނެ ނިޒާމެއް އިލެކްޝަންސްގައި ނުހުންނަ ކަމަށާއި މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ފުލުހުންނަށް ހުށަހަޅައި ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މެސެޖު ކުރައްވައިގެންނާއި ވެބްސައިޓް މެދުވެރިކޮށް އެ މީހެއް އޮތް ޕާޓީ ބައްލަވައި ، އޮވެގެން ނުވާނެ ޕާޓީއެއްގައި އޮތް ނަމަ އީސީއަށް އެކަން ހުށަހެޅުއްވުމަށް ފުއާދު އިލްތިމާސް ކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ޕާޓީތަކުގެ ދަފްތަރުގައި އެމްއެންޕީ ރަޖިސްޓްރީކޮށްފައި ވަނީ 25 އޮކްޓޯބަރ 2021ގައެވެ. އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅިއިރު 5000އަށް ވުރެ ގިނަ ފޯމް އިލެކްޝަންސްއަށް ހުށަހެޅިއެވެ.

Ads by Ooredoo
  1. ގުންޑާ

    ކިހިނެތްތަ ބަލަނީި ކޮން ޕާޓީ އެއްގަތޯ ނަަން އޮތީ

  2. ނަކަސް

    ތިމަރަ ވަގުން ކައިރިވެއްޖެ ތަނެއް ސަހަލު ގޮތަކަށް ނުދާނެ.