ޚަބަރު އިޖުތިމާޢީ

ރައީސް ނަޝީދަށް އިންޒާރުދިން މީހާ ކޯޓުގައި ވާހަކަ ނުދެއްކުމުން އަނެއްކާ ޖަލަށް

ރައުފާ ރަޝީދު ، ދެން އޮންލައިން
ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން އިސްމާއީލް ޔާސިފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މީހާ ޝަރީއަތުގެ މަޖިލީހުގައި އެއްވެސް ވާހަކައެއް ދެއްކުމަށް އިންކާރުކުރުމުން އަނެއްކާ ވެސް ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ads by Hajj Corporation

ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި ކްރިމިނަލް ކޯޓުން އޭނާއަށް އިއްވައިފައި ވަނީ ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ފޭސްބުކް ކޮމެންޓެއްގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިނުމުގެ ކުށުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ އިސްމާއީލް ޔާސިފްއެވެ.

ޔާސިރު ހައްޔަރުކޮށްފައި ވަނީ ފޭސްބުކްގައި ކުރި ކޮމެންޓެއްގައި، ރައީސް ނަޝީދު އަނބުރާ ރާއްޖެ އައިސްފި ނަމަ އަބޫޖަހުލަށް ބަދުރު ހަނގުރާމައިގައި ހެދި ގޮތް ހަދައިލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދިނުމުންނެވެ. އޭނާއަކީ ރ.މީދޫ މީހަކާ ކައިވެނިކޮށްގެން އެ ރަށުގައި ދިރިއުޅެމުން އަންނަ މީހެކެވެ. އޭނާއަކީ މާލޭ މީހެއް ނަމަވެސް ދިރިއުޅެމުން އަންނަނީ މީދޫގައެވެ.

ޔާސިރު ހައްޔަރުކޮށްފައި ވަނީ އޮގަސްޓު މަހު 23 ވަނަ ދުވަހުއެވެ. ހައްޔަރުކޮށްގެން އޭނާ ފުރަތަމަ ގެންދިޔައީ އުނގޫފާރު ކޯޓަށެވެ. އެ ކޯޓުގެ ހުރުމަތް ކަނޑައިގެން ވެސް އޭނާ ވަނީ 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.

Ads by Allied Insurance
  1. ރާއަލިފް

    ސާބަހޭ ކަލޯ ތީ އެޔޯމެން ބުނާކަަހަލައި ޒާތުގެ ބަންޓޫން ނެއް އިނގޭ! ފަހުން ރަނގަޅުވާނެ އިންޝާﷲ

  2. ހަސަން ސަފީގު

    މިއަދުގެ ކޯޓްތަކުގައި އެއްވެސްކާހަލަ އިންސާފެއް ހަަމައެއްނެތް. ވީމާތިޔަ ކަމާ ކަން ބޮޑު ނުވޭ އިރާދަ ކިރެއްވިއްޔާ މާ ގިނަދުވަހެއްނުވެ ސަލާމަތްވާނެ

  3. ޢެ ކަނބާ

    ރައިސް ނަސީދު އަކީ އިންސާފަށް ވަރަށް ލޯބި ކުރައްވާ ކަމަށް އަބަދުވެސް ވަކާލާތު ކުރައްވާ ބޭފުޅެއް… އަންނި އަށް އިންޒާރު ދިންފަރާތަކީ ނަފްސާނީ އެތަށް މައްސަކަ އެއް ހުންނަފަރާތެއް… އަންނި މަގުބުލުކަން މިފަހަރު ތިޔަ ހޯއްދަވަނީ ހަމަ ޔަގީނުންވެސް އޯޓިޒަމް ފަރާތެއްގެ ފުށުން … ސާބަސް އަންނި އަށް އަދި މިކަމުގެ ފަހަތުގައި ތިއްބެވި މީހުނަށް