ގުރައިދޫގައި ކުޑަ ކުއްޖަކު ގެނބިގެން ނިޔާވެއްޖެ

ކ.ގުރައިދޫގައި ދެ އަހަރުގެ ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލްގެ ހުސެއިން ޔާމީން މުޙައްމަދު ވިދާޅުވީ، ނިޔާވެފައި ވަނީ އުމުރުން ދެ އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ކުއްޖާ ފެނުނީ މޫދުން ކަމަށާއި ފެނުނު އިރު އޮތީ ނިޔާވެފައި ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"މޫދާ ވަރަށް ކައިރީގައި ހުންނަ ގެއެއް. އެ ކުއްޖާ މަންމަ އެކުއްޖާއަށް ބޭރުގައި އިނދެ ކާންދީފައި ތަށި ލައިފައި ނިކުން އިރުގައި ގެއްލިގެން ހޯދީ." ޔާމީން ވިދާޅުވީ، އެގެއަކީ ރަށު އުތުރު ފަރާތުގައި މޫދާ ކައިރީގައި ހުންނަ ގެއެއް ކަމަށެވެ.
ޔާމީން އިތުރަށް ވިދާޅުވީ ކުއްޖާ ނިޔާވީ ގެނބިގެން ކަމަށް ބެލެވޭ ކަމަށެވެ.
ކޮންމެ އިހުމާލަކީ އަނިޔާއެއް މުޖްތަމައުގެ ފަރުދުނ ވަރަށް ބޮޑަށް ހޭލުންތެރި ވާންވެއްޖެ ކުޑަކުދިންނަށް ރައްކާތެރިވެހިމާޔަތް ދިނުމަށް ގޮވާލަން