ޚަބަރު އިޖުތިމާޢީ

އައްޑޫން އިތުރު 27 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫ ސިޓީން އިތުރު 27 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by MWSC
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ 1882 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެނީ 3 މީހަކަށެވެ. އައްޑޫން މި ބަލީގައި 9 މީހަކު ވަނީ ނިޔާވެފައެވެ. އަދި އެ ސިޓީން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2225 އަރައިފައެވެ.

އައްޑޫ ސިޓީން މިހައިތަނަށް ޖުމްލަ 29،934 ސުންކު ވަނީ ނަގައިފައެވެ. އަދި ސީދާކޮށް އެއްތާވި މީހުންގެ ގޮތުގައި 235 މީހުން މިހައިތަނަށް ވަނީ ފާހަގަ ކުރެވިފައެވެ. އިއްޔެ އެ ސިޓީން ނެގުނު ސުންކުތަކުގެ އަދަދަކީ 182އެވެ.

އައްޑޫ ސިޓީގައި ކޮވިޑު-19 ފެތުރޭތީ ސިޓީ ކައުންސިލް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރަން ވެސް ވަނީ އަންގައިފައެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑް-19އަށް ފައްސިވަމުން އަންނަ އަދަދުތައް މަދުވި ނަމަވެސް ފާއިތުވެދިޔަ ހަފްތާގައި ފައްސިވި އަދަދު އުޅެނީ 100އިން މަތީގައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 88،635 މީހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!