Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

"މިނިވަން ކަމުގެ ދިފާއުގައި" މިއަދު ވެސް އިދިކޮޅުން މަގުމައްޗަށް ނުކުންނަނީ!

"މިނިވަން ކަމުގެ ދިފާއުގައި" މިއަދު ވެސް އިދިކޮޅުން މަގުމައްޗަށް ނުކުންނަނީ!

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި މިއަދު ވެސް އިދިކޮޅުން މަގު މައްޗަށް ނުކުމެ އަޑު އުފުލުމަށް ތައްޔާރުވެއްޖެއެވެ.

15:45ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ފަށާ މި ހިނގާލުމުގައި ވީ އެންމެ ގިނަ އަދަދަކަށް މީހުން ބައިވެރިވުމަށް އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ވެސް ވަނީ ގޮވައިލައިފައެވެ. މި ހިނގާލުމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، އިންޑިއާއާ އެކު ހަދައިފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވައިލާ ބާއްވާ ހިނގާލުމެކެވެ. މި ހިނގާލުމުގައި އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅުން ބައިވެރިވާނެއެވެ.

ޕީޕީއެމް،ޕީއެންސީއިން ދަނީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ސިލްސިލާ އެއްވުންތައް އާންމުކޮށް ބާއްވަމުންނެވެ. އިދިކޮޅުން ސިލްސިލާކޮށް ބާއްވަމުންގެންދާ މި ހަރަކާތްތަކަކީ ރާއްޖޭގައި އިންޑިޔާ ސިފައިން ބޭތިއްބުމާ ދެކޮޅަށް ކުރިއަށްގެންދާ އިހުތިޖާޖުތަކެކެވެ.

Advertisement
Ooredoo — Truecaller (box)

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން އިސްނަގައިގެން "ޤައުމީ ބޮޑު ހިނގާލުން" ނަމުގައި މިދިޔަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ސުލްހަވެރި ހިނގާލުން މިއަދަށް ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް