އެމްއެންޕީން ޒުވާނުން ސްޕޮންސާކޮށް ޑިގްރީއަށް ކިޔަވައިދެނީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ޒުވާނުން ސްޕޮންސާކޮށް އެމީހުންނަށް ކިޔަވައިދިނުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޕީގެ ޒުވާނުންގެ ނޫކަށި ލައުންޖު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ އިންތިގާލީ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެމްއެންޕީން ޒުވާނުން ސްޕޮންސާ ކުރާނެކަމަށެވެ. އެ ގޮތުން ދާދި ފަހުން އެޕާޓީން ޒުވާން ފުޓުބޯޅަ ކުޅުންތެރިޔަކު ސްޕޮންސާކޮށް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ޕާޓީގެ ފަރާތުން ހަރަދުކުރަން ނިންމައިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
"އޭނަ އަޅުގަނޑުމެންނަށް ފެނުނީ ވަރަށް ޒުވާން ހުނަރުވެރިއެއްގެ ގޮތުގަ. ފެނުމާއެކީ ޕާޓީގެ އިސް ސަފުގަ ތިއްބެވި ބޭފުޅުންނަށް ފާހަގަކުރެވުނު އޭނަގެ މުޅި ހަޔާތް ފުޓުބޯޅައާ އެކީގަ އޭނަ ކުރިއަށް ދާންޖެހޭކަން." ނާޒިމް ވިދާޅުވިއެވެ.

އިތުރަށް ނާޒިމް ވިދާޅުވީ އެކުޅުންތެރިޔާއަށް ފުލް ސްކޮލަޝިޕެއް ދިނުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. އަތޮޅު ތެރޭގެ ރަށަކަށް ނިސްބަތްވާ އެ ކުއްޖާ ސްކޮލަޝިޕްގައި ކިޔެވުމަށް މާލެއަށް އައިސް މާލޭގައި ހުންނަން ހަމަޖެހިފައިވާ ކަމަށާއި ފުޓުބޯޅަ ކުޅެމުން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ކިޔަވައި ނިމުމާ އެކު ވަޒީފާގެ ފުރުސަތު ވެސް އެމްއެންޕީން އެކުއްޖާއަށް ފަހިކޮށްދޭނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ އެޕާޓީން ޒުވާނުންނަށް ދޭނީ ޕެކޭޖެއް ކަމަށާއި މާޔޫސްވިޔަ ނުދޭނެކަމަށެވެ. ނާޒިމް ވިދާޅުވީ ޒުވާނުންގެ އުއްމީދަކީ އެމްއެންޕީކަމަށާއި އެހެންކަމުން ހުރިހާ ޒުވާނުން ވެސް އެ ޕާޓީއާ ގުޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އެހެންވީމަ (ޒުވާނުން) މިޕާޓީއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވަންވީ. އިރާދަކުރެއްވިއްޔާ ތި ޒުވާނުންނާ ޒުވާނުންގެ އާއިލާތަކަށް މުސްތަގުބަލާ އެކީގަ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ" ނާޒިމް ވިދާޅުވިއެވެ.
ކޮއްކޯ. ތިކަން އެއޮތީ އެމްޑީޕީ ގެ ސަރުކާރުން ކޮށްނިންމާފަ.ކުރަންކެރެނީވިއްޔާ މާސްޓަރސް އާ ޕީއެޗްޑީ އަށް ކިޔަވަ މިހުން ދައްކަންޖެހޭ ފައިސާދައްކަ ދޭން ހަވާލު ވެބަލަ. ކިހާ ދެރަކަމެއް.
ނިކަން ދައްކަބަލަ ޕްރޮފިޝަނަލް ދާއިރާއަކުން އެމްޑިޕީ ސަރުކާރުން އުފެއްދި ކުއްޖެ، ނިކަން ކެރެންޔާ ބުނެބަލަ މެޑިކަލް ޑޮކްޓަރެއް އެބަހުރިތަ، ސްޕެލައިޒް ނަރުހެއް އުފެއްދިފައި އެބަހުރިތަ، ނުވަތަ ސްޕެލައިޒް ޑޮކްޓަރެއް އެއް އަހަރު ދުވަހުގެ ކޯހެއްގައި ކިޔަވައިދިފައި ވެސް ނުހުންނާނެ، މިބުނީ ނުހުންނާނެ ، ހަމަ ކެރިގެން މިދަންނަވަނީ، ނުހުންނާނެ،
ރިޝްވަތު ނޫންނ ދެންކޮންއްއްޗެއްއްއ ެެއްޗްޗްޗް