ޚަބަރު

ޚަތިމަށް ކުޅު ޖެހި މީހާގެ ބަންދަށް އިތުރު ފަސް ދުވަސް

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގެ މިސްކިތަކަށް އަރައި ޚަތިމަކަށް ކުޅުޖެހި މީހާގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފިއެވެ.

Ads by Sosun Fihaara

މަސްޖިދުލް އިބްރާހިމް މިސްކިތަށް އަރައި ހަތިމަކަށް ކުޅުޖެހި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ހަސަން ޒިޔާދު ނަމަކަށް ކިޔާ ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާއަކީ މީގެކުރިން މާލޭގެ ދެ މިސްކިތަކަށާއި ރައީސް އޮފީހުގެ ބޭރަށް ކުޑަކަމުދިޔަ މައްސަލައިގައި ވެސް ހައްޔަރުކޮށްފައިވާ ފަރާތެކެވެ. މިސްކިތް ތެރެއަށް ޒިޔާދު ކުޑަކަމުދިޔަ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ މަހުގެ ތިންވަނަ ދުވަހުއެވެ.

އެފަހަރު އޭނާ ހައްޔަރުކޮށް ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ވިދާޅުވެ ބަންދުން ދޫކޮށްލިއެވެ. އޭގެ ފަހުން މިސްކިތަކަށް ވަދެ ޚަތިމަކަށް ކުޅު ޖެހުމުން ފުލުހުން ވަނީ އޭނާ ބަންދުކޮށްފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ 10 ދުވަހެވެ. އިއްޔެ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން އިތުރު ފަަސް ދުވަަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Ads by Allied Insurance
  1. އައިރިން

    މުސްޙަފްގެ ފޮޓޯ ބޭނުން ނުކޮށް ޙަބަރުތައް ގެނެސް ނުދެވެނީތަ އަޅެ.. އެފޮޓޯ ތިގޮތައް ބޭނުންކުރަން ތިޔަބޭފުޅުންގެ ހިތަށް ތަދުނުވޭތޯ..ރައުފާ މެންނަކަށް ބަލާލަން އުނދަގުލެއް ނޫން ދޯ