ސަރުކާރު

ބޭނުންވާ ބަސް ބުނެ، ލައިކްކޮށް، ޓްވީޓް ކުރުމުގެ މިނިވަންކަން މިއަދު އެބައޮތް: ނައިބު ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަގުތަކަށް ނިކުމެ ބަޔަކު ބޭރުކުރަން ގޮވުމަށް ވުރެ މިއަދު ރައްޔިތުންނަށް ލިބިފައިވާ ހަމަޖެހުމުގެ ވާހަކަދެއްކުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވާ މިއަދު ދެއްކެވި ވާހަކަފުޅުގައި  ، އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރުމަށް ގޮވައިލާ ކުރަމުންދާ އިޙްތިޖާޖަށް އިޝާރާތް ކުރައްވައި މިއަދު ވިދާޅުވީ، ކުރީގެ ސަރުކާރާ ދެކޮޅަށް ، ކިރިޔާ ވެސް އެއްޗެއް ބުނެލި ، ޤައުމަށް އެތައް ޚިދުމަތްތަކެއްކޮށްފައިވާ ޚިދުމަތްތެރިންނާއި، ކުރީގެ ރައީސުން ޖަލަށްލި ކަމަށެވެ. ނަމަވެސް މިއަދު އެ ހާލަތު ބަދަލުވެފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، މިއަދު ކޮންމެ މީހަކަށް ވެސް ހަމަޖެހިލައިގެން އުޅެވޭ ކަމަށާއި މިއީ ދައްކަން ޖެހޭ ވާހަކަ ކަމަށެވެ.

މިއަދު އަޅުގަނޑުމެން ދައްކަންވީ މިވާހަކަ، އަޅުގަނޑުމެން މަގުމައްޗަށް ނިކުމެ ދައްކަންވީކީ ކޮންމެވެސް ބަޔަކު ބޭރުކުރާ ވާހަކައެއް ނޫން، ފިތުނަ ފަސާދައިގެ ވާހަކައެއް ނޫން، ކާކުތޯ ޖަލުގައި ހުރީ، ކޮން ސިޔާސީ ދައުވާއެއްތޯ ކުރީ.  މަގުތަކަށް ނިކުމެވޭ. ބޭނުންވާ ބަސް ބުނެވޭ، ޓުވީޓުކުރެވޭ، ފޭސްބުކްގައި ލައިކް ކުރެވޭ. މިނިވަންކަން އެބައޮތް. މިއީ ދިވެހި ރައްޔިތުން ބޭނުންވި ކަންތައްތައް

ނައިބު ރައީސް ވިދާޅުވީ ކޮވިޑް19ގެ ދަތިކަމުގެ ތެރޭގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބެއްލެވީ ކަންކަން މެނޭޖްކުރައްވައިގެން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދެއްވުމަށް ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވެދިޔަ ތިން އަހަރަކީ މީގެ ކުރިން ދުވަހަކު ވެސް ނުހިންގާހާ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ތިން އަހަރު ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ. އަދި ހދ ގެ ބައެއް ރަށްރަށް ފެއްޓެވި މި ދަތުރުފުޅުގައި ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by HDC
  1. މުންޖިޗޭ

    ދުލުގައި ﷲސުބުޙަނަހޫ ވަތަޢާލާ ލައްވާފައިވާ ބާރެއް އެކަކަށްވެސް ނިގުޅައެއް ނުގަނެވޭނެ، އެކަމަކު ޓުވިޓެއް ކޮށްގެން ކުއްޖެއްގެ ވަޒީފާ ގެއްލުނު ވާހަކައެއް މީޑިޔާގައި މިވަގުތު ވަރަށް މަޤުބޫލުކަން ހޯދަމުން އެބަދޭ!

  2. މޮސްޓާ

    އިންޑިއާ ސިފައިން ބޭނުމެއް ނޫން! އިންޑިއާ އައުޓް! ފައިސަލް ނަސީމު ބުންޏަކަސް އިންޑިއާ ސިފައިންް ރާއްޖެއަކަށްް މުހިންމެއް ނޫން! ކިހާ ދެރަކަމެއް މި ދެން!

  3. ޕޮކަންޑިމޭންގެ ފޭން

    ނުރައްކާ އޮތީ ވަޒީފާއަށްތަ؟