ޚަބަރު

ޚަތިމަށް ކުޅު ޖެހި މީހާ އިތުރު 15 ދުވަހަށް ބަންދަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގެ މިސްކިތަކަށް އަރައި ޚަތިމަކަށް ކުޅުޖެހި މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

Ads by MWSC

މަސްޖިދުލް އިބްރާހިމް މިސްކިތަށް އަރައި ހަތިމަކަށް ކުޅުޖެހި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ހަސަން ޒިޔާދު ނަމަކަށް ކިޔާ ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާއަކީ މީގެ ކުރިން މާލޭގެ ދެ މިސްކިތަކަށާއި ރައީސް އޮފީހުގެ ބޭރަށް ކުޑަކަމުދިޔަ މައްސަލައިގައި ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ. މިސްކިތް ތެރެއަށް ޒިޔާދު ކުޑަކަމުދިޔަ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ މަހުގެ ތިންވަނަ ދުވަހުއެވެ.

އެ ފަހަރު އޭނާ ހައްޔަރުކޮށް ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ވިދާޅުވެ ބަންދުން ދޫކޮށްލިއެވެ. އޭގެ ފަހުން މިސްކިތަކަށް ވަދެ ޚަތިމަކަށް ކުޅު ޖެހުމުން ފުލުހުން ވަނީ އޭނާ ބަންދުކޮށްފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ 10 ދުވަހެވެ. އޭގެ ފަހުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން އިތުރު ފަަސް ދުވަަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

  1. ހާއުފާ

    އުންސުރު ހަމަނުވާތީ އަވަހަށް ދޫކޮށްލާ!