ޚަބަރު ރައްޔިތުންގެ މަޖިލިސް

ރާއްޖެ - އިންޑިއާ އެއްބަސްވުންތަކުން ގެއްލުންވާ ކަމަށް ރިޕޯޓުގައި ހިމަނަން ހުށަހަޅައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

ރާއްޖެއާއި އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުންތަކުގައި ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކަމެއް ނެތްކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއިން ނިންމާ ތައްޔާރުކޮށްފައިވާ ރިޕޯޓަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު، ގިނަ އިސްލާހުތަކެއް ހުށައަޅައިފިއެވެ.

Ads by Hajj Corporation

އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުންތަކުން ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީއަށް މައްސަލަ ހުށައެޅުއްވީ ވެސް މެމްބަރު އާދަމް ޝަރީފެވެ.

އާދަމް ޝަރީފް ވަނީ މި ރިޕޯޓަށް ޖުމްލަ 13 އިސްލާހެއް ހުށައަޅުއްވައިފައެވެ. މި ގޮތުން އޭނާ ހުށައެޅުއްވި އިސްލާހުތަކަކީ ކޮމިޓީގެ ހޯދުންތަކުގެ 4.1.1، އެކްޝަން ޕްލޭން ފޮރ ޑިފެންސް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިއާއަކީ 2016 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެކުލަވައިލައިފައިވާ އެކްޝަން ޕްލޭނެއް ކަމަށް ބުނެ އިސްލާހު ކުރުމާއި ކޮމިޓީގެ ހޯދުންތަކުގެ 4.2.13ގެ ފަހަތަށް އިތުރު އަކުރެއް އިތުރު ކުރެއްވުމަށް ޓަކައި 4.2.14 ހިމަނުއްވައި އުތުރު ތިލަފަޅުގެ މަސައްކަތްތަކާއި އެތަނުގެ ފެސިލިޓީތައް ޤާއިމުކުރުމާއި ބެލެހެއްޓުމުގެ ކަންކަން ވިލަރެސްކުރުމަށް ދިވެހި ސިފައިންނާއި އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ހައިކޮމިޝަނަރއާއި އިންޑިޔާގެ އެހެން ފަރާތްތައް ހިމެނޭ ގޮތުން ޖޮއިންޓް ކޮމިޓީއެއް އުފައްދައި، އެކޮމިޓީން އުތުރު ތިލަފަޅުގެ މަސައްކަތް ކުރުމަށް އެއްބަސްވެފައިވާކަމަށް ބުނެ ހިމެނުން ހިމެނެއެވެ.

ހަމައެހެންމެ ކޮމިޓީގެ ހޯދުންތަކުގެ 4.2.14ގެ ފަހަތަށް 4.2.15 އިތުރުކޮށް ، އުތުރު ތިލަފަޅަކީ ދިވެހި އަސްކަރިއްޔާގެ ބޭނުމަކަށް ތަރައްޤީކުރާ މަރުކަޒަކަށްވެފައި، މި އެއްބަސްވުމަކީ ޤައުމީ ދިފާއާއި ސަލާމަތާ ގުޅުންހުރި އެއްބަސްވުމަކަށްވާއިރު، އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއި ކުރުމުގެ ކުރިން ރައްޔިތުންގެ
މަޖިލީހަށް ނުވަތަ ޤާނޫނުއަސާސީގެ 241ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް މި އެއްބަސްވުން ހިއްސާކުރަން ޖެހޭނެކަމަށް ހިމެނުއްވުމާއި ކޮމިޓީގެ ހޯދުންތަކުގެ 4.3.4، އެއްބަސްވުމުގެ ދަށުން ޑޯނިއަރ މަތިންދާބޯޓާ އެކު ޙަރަކާތްތެރިވާ އިންޑިޔާގެ ސިފައިންގެ ކެއުމާއި ތިބުމާއި އަދި އެހެނިހެން ޚަރަދުތައް ހަމަޖައްސަމުންދަނީ އިންޑިޔާގެ ސަރުކާރުގެ ފަރާތުންކަމަށް އޮތް ބައި އިސްލާހުކުރުން ވެސް އާދަމް ޝަރީފް އުމަރު ވަނީ އިސްލާހު ކުރައްވަން އެދި ވަޑައިގަންނަވައިފައެވެ.

މީގެ އިތުރުން ކޮމިޓީގެ ހޯދުންތަކުގެ 4.3.7، ގެ ފަހަތަށް އަކުރެއް އިތުރުކޮށް އެއްބަސްވުމުގެ ދަށުން ޑޯނިއަރ މަތިންދާބޯޓާ އެކު ރާއްޖޭގައި ޙަރަކާތްތެރިވާ އިންޑިޔާގެ ސިފައިންނަށް ޑިޕޮލޮމެޓިކް އިމިއުނިޓީ ދިނުމަށް ރާއްޖެއިން އެއްބަސްވެފައިވާކަމަށް ހިމެނުއްވުމާއި ކޮމިޓީގެ ހޯދުންތަކުގެ 4.3.8،ގެ ފަހަތަށް އަކުރެއް އިތުރު ކުރައްވާ މި އެއްބަސްވުމަކީ ޤައުމީ ދިފާޢާއި ސަލާމަތާ ގުޅުންހުރި އެއްބަސްވުމަކަށްވާ އިރު، އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ނުވަތަ ޤާނޫނުއަސާސީގެ 241ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް މި އެއްބަސްވުން ހިއްސާކުރަން ޖެހޭގޮތަށް ހިމެނުއްވުމަށް ވަނީ ހުށައަޅުއްވައިފައެވެ.

ހަމައެހެންމެ ކޮމިޓީގެ ހޯދުންތަކުގެ 4.4.7،ގެ ފަހަތަށް ރާއްޖޭގެ ކަނޑުގެ ޗާޓުތައް ވިއްކައިގެން ރޯޔަލްޓީގެ ގޮތުގައި 25 އިންސައްތަ ރާއްޖެއަށް، 75 އިންސައްތަ އިންޑިޔާއަށް ދިނުމަށް އެއްބަސްވެފައިވާކަމަށް އިތުރު ކުރުމާއި ކޮމިޓީގެ ހޯދުންތަކުގެ 4.4.8، ގެ ފަހަތަށް ރާއްޖޭގެ ކަނޑުގެ ޗާޓުތައް ވިއްކޭނީ ހަމައެކަނި އިންޑިޔާއިން ކަމަށާއި، ދިވެހި ކަނޑުތަކުގެ ޗާޓު، ދިވެހިރާއްޖެއިން ނުވިއްކޭނެކަމަށް އެއްބަސްވެފައިވާކަމަށް ހިމެނުއްވުމުގެ އިތުރުން ކޮމިޓީގެ ހޯދުންތަކުގެ 4.4.9،ގެ ފަހަތަށް 4.4.10 އިތުރުކޮށް ރާއްޖޭގެ ކަނޑުގެ ޗާޓުތައް ވިއްކޭނީ ހަމައެކަނި އިންޑިޔާއިން ކަމަށާއި، އެ ފުރުޞަތު ރާއްޖެއަށް ލިބިފައިނުވާތީ އާއި ޗާޓުތައް ވިއްކައިގެން ރޯޔަލްޓީގެ ގޮތުގައި ދިވެހިރާއްޖެއަށް ލިބެނީ 25އިންސައްތަ ކަމުގައި އެއްބަސްވެފައިވާތީވެ، މި އެއްބަސްވުމުގައި ރާއްޖޭގެ މަސްލަހަތު ރައްކާތެރި ކުރެވިފައެއް ނުވާކަމަށް އިތުރު ކުރުމާއި ކޮމިޓީގެ ހޯދުންތަކުގެ 4.4.10، ގެ ފަހަތަށް އަކުރު އިތުރު ކޮށް މި އެއްބަސްވުމަކީ ޤައުމީ ދިފާޢާއި ސަލާމަތާ ގުޅުން ހުރި އެއްބަސްވުމަކަށްވާއިރު، އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއި ކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް މި އެއްބަސްވުން ހިއްސާކުރަން ޖެހޭގޮތަށް އިސްލާހު ކުރުމަށް އާދަމް ޝަރީފް ވަނީ ހިމަނުއްވައިފައެވެ.

އާދަމް ޝަރީފް ހުޅައެޅުއްވި އިސްލާހުތަކުގެ ތެރޭގައި ދެން ހިމެނެނީ ކޮމިޓީގެ ހޯދުންތަކުގެ 4.5ގެ ގޮތުގައި އަކުރެއް އިތުރުކޮށް އިންޑިއާއާ އެކު ދިވެހިރާއްޖެއިން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިންޑިޔާގެ 75 ސިފައިން ތިބިކަން ހާމަވެފައިވާކަމަށް ބުނުމާއި ކޮމިޓީގެ ހުށަހެޅުން 2ގެ ގޮތުގައި އަކުރެއް އިތުރުކޮށް އިންޑިޔާއާ އެކު ދިވެހިރާއްޖެއިން ވެފައިވާ އެއްބަސްވުންތަކުގެ އަސްލުތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހޯދައި ފުރިހަމައަށް ދިރާސާކުރުން ހިމެނުއްވުމާއި ކޮމިޓީގެ ހުށަހެޅުން 3ގެ ގޮތުގައި އަކުރެއް އިތުރުކޮށް ބޭރު ޤައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ދާއިމީގޮތެއްގައި ނުތިބޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތާއި އިސްތިރާޖީ ބަދަލު ކުރުން. ހިމެނުއްވުމަށް އޭނާ ވަނީ ހުށައަޅުއްވައިފައެވެ.

Ads by Ooredoo
  1. އަހުމަދު

    ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫ އަރާފަދަ އެގްރީމެންޓުތަކުގައި ވަގަށް ސޮއިކުރަމުންދައިރު މި މީހުންގެ ދައުރުވެސް އެހެން ދައުރު ތަކެކޭ އެއްފަދައިން ނިމިގެންދަނެކަން ނޭނގެނީބާ. ބާރު ލިބުމަކީ ބައެއް މީހުންގެ ހަމަ ބުއްދި ފިލާކަމެއްކަން މިކަހަލަ އަމަލުތަކުން އެބައެނގޭ.