ފައިޒާގެ ވައުދެއް: ވެކްސިން މަސައްކަތް ނުކުރާ ނަމަ، މަސައްކަތް ކުރާ ވެކްސިނެއް 100 ދުވަސް ތެރޭ ނެރޭނަން
ދެކުނު އެފްރިކާއިން މިހާރު ފެނިގެން އުޅޭ ކޮވިޑް-19ގެ އައު ވޭރިއަންޓް، އޮމިކްރޮން ވޭރިއަންޓް ވެކްސިނުގެ އަސަރު ނުކުރާ ނަމަ، އައު ވޭރިއަންޓްއިން ދިފާއުވުމަށް ، 100 ދުވަސް ތެރޭގައި އައު ވެކްސިނެއް އުފައްދާނެ ކަމަށް ކޮވިޑް-19 ފުރަތަމަ ވެކްސިން އުފެއްދި ފައިޒާ އަދި ބައޮންޓެކްއިން ހާމަކޮށްފިއެވެ.
ބައޯއެންޓެކް އެސްއީއިން ހުކުރު ދުވަހު ބުނީ، ބައިވެރިޔާ ފައިޒަރއިންކްއާ އެކު އުފައްދާ ވެކްސިން، ދެ ހަފްތާގެ ތެރޭގައި ދެކުނު އެފްރިކާއިން ފެނިފައިވާ ވޭރިއަންޓަށް މަސައްކަތް ކުރޭތޯ، ޔަގީން ކުރެވޭނެ ކަމަށެވެ. އަދި ބޭނުންޖެހިއްޖެ ހާލަތެއްގައި ގާތްގަޑަކަށް 100ދުވަހުގެ ތެރޭގައި އައު ވޭރިއަންޓަށް ފެތޭ ގޮތަށް ތައްޔާރުކޮށްފައިވާ އައު ވެކްސިނެއް ޝިޕް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
"ތަޖުރިބާކާރުންގެ ކަންބޮޑުވުން އަޅުގަނޑުމެންނަށް އެނގޭ، އަދި ވޭރިއަންޓް ބީ.1.1.529އާ ގުޅޭ ތަހުގީގުތައް ވަގުތުން ވަނީ ފަށައިފައި،" ބައޯއެންޓެކްއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"ލެބޯޓްރީ ޓެސްޓުތަކުން އިތުރު ޑޭޓާ ލިބޭނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވެނީ ގިނަ ވެގެން ދެ ހަފްތާ ތެރޭ. މި ޑޭޓާތަކުގެ ސަބަބުން ބީ.1.1.529އަކީ ވެކްސިން މަސައްކަތް ނުކުރާ ވޭރިއަންޓަކަށް ވެދާނެތޯ ނުވަތަ ނޫންތޯއާ ބެހޭ އިތުރު މައުލޫމާތު ލިބިގެންދާނެ، މި ވޭރިއަންޓް މުޅި ދުނިޔެއަށް ފެތުރިއްޖެ ނަމަ އަޅުގަނޑުމެންގެ ވެކްސިންގެ އެޖަސްޓްމަންޓެއް ބޭނުންވެދާނެ،" އެ ބަޔާނުގައިވެއެވެ.
ވެކްސިން އުފައްދާ އިތުރު ކުންފުންޏެއް ކަމަށްވާ މޮޑާނާ އިންކްއިން ނެރުނު ބަޔާނެއްގައި ބުނީ އައު ވޭރިއަންޓަށް ފެތޭ ގޮތަށް ބޫސްޓާ ކެނޑިޑޭޓެއް ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރު ހުރި ބޫސްޓާގެ މަތީ ޑޯޒެއް ޓެސްޓްކޮށް، ގިނަ ވޭރިއަންޓްތަކުން ރައްކާތެރިވުމަށް ފަރުމާކޮށްފައިވާ އެހެން ބޫސްޓާ ކެނޑިޑޭޓުން ވެސް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
އިރާދަކުރެއްވިއްޔާ ވާނ!