ދީން

އަނެކުން ތިބާއާއި މެދު ދެކޭ ގޮތާއި ތިބާ ނުވިސްނާށެވެ. - މުފްތީ މެންކް

ދެން އެމްވީ ، ދެން އޮންލައިން

އަނެކުން ތިބާއާއި ދޭތެރޭ ދެކޭ ގޮތް މުހިންމު ނޫން ކަމަށާއި މުހިންމީ ތިބާ ހެއްދެވި ފަރާތުން ތިބާ އާއި މެދު ދެކޭ ގޮތް ކަަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

Ads by STELCO

މުފްތީ މެންކްގެ ނަސޭހަތުގެ ޓުވީޓެއްގައި އޭނާ ބުނެފައިވަނީ ތިބާ ކުރާ އެއްވެސް ކަމަކާމެދު އަނެކުން ދެކޭ ގޮތަކުން ވާނޭ ފައިދާ އެއްވެސް އަދި ގެއްލުމެއް ވެސް ނޯންނާނެކަމަށެވެ.

އެހެންކަމުން ދުނިޔޭގައި އުޅޭއިރު މުހިންމީ އަނެކުންގެ ހިތް ރުއްސުން ނޫން ކަމާއި ތިމާ ހެއްދެވި ފަރާތް ރުއްސަވާގޮތަށް އުޅުން ކަމަށާއި މިފަދައިން ކަންކޮށް ﷲ ގެ ރުއްސެވުން ލިބިއްޖެނަމަ ތިބާ ވިސްނަން ޖެހޭނެ އިތުރު އެއްވެސް ކަމެއް ނޯންނާނެ ކަމުގައި ވެސް މި ޓްވީޓްގައި ބުނެފައިވެއެވެ.

މުފްތީ މެންކް އަކީ ދިވެހިންގެ ހިތްތަކުން ވެސް ޖާގަ ހޯދައިފައިވާ ޒިމްބާބުވޭ ގެ މަޝްހޫރު ދީނީ އިލްމުވެރިއެކެވެ. އަދި ޒިމްބާބުވޭގެ ފަތުވާ މަޖިލީހުގެ އެންމެ އިސްވެރިޔާ ވެސް މެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!