ޖަލްސާ ފެށުމުގެ މާކުރިން ކާނިވާ ފުރައިލައިފި

އިދިކޮޅު ޕްރޮގްރަސިވް ކޯލިޝަންއިން އަލިމަސް ކާނިވަލްގައި ބާއްވާ "މަރުޙަބާ ރައީސް ޔާމީން" ޖަލްސާ ފެށުމުގެ މާކުރިން އެ ސަރަހައްދު ފުރައިލައިފިއެވެ.
މިރޭ 9 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގެން، ސަޕޯޓަރުންނާ މުޚާތަބުކޮށް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

"މަރުޙަބާ ރައީސް ޔާމީން" ޖަލްސާއަކީ ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލްކުރުމާ ގުޅިގެން ބާއްވާ ޖަލްސާއެކެވެ. ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 19 ނޮވެންބަރު 2019ވަނަ އަހަރު މަނީލޯންޑަރު ކުރިކަމުގެ ކުށުގައި 5 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. މިދިޔަ ބުދަ ދުވަހު އިސްތިއުނާފީ މަރުހަލާއިން، ސްޕްރީމް ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން އެމަނިކުފާނުގެ މައްޗަށް އިއްވައިފައިވާ ޖަލު ހުކުމް ވަނީ ބާތިލްކޮށްފައެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވުމާ ގުޅިގެން މާލެއާއި އަތޮޅު ތެރޭގައި އެ މަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ އެކަމުގެ އުފާ ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. މިއީ މިނިވަންވުމަށް ފަހު ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ، ބޮޑު ޖަލްސާއެވެ.
ތިޖަސާއަށް މިސަރުކާރުގެ އިސްބޭފުޅުން ނުދޭބާ
ކާނިވާާ ސަރަހައްދުުންް ފެންނަނީީ އަސްލުކާނިވާާ ވަރައްއުފާވެރިި ވަރައްް ގިނަބަޔަކުު ވަރައްް އިހްލާސްތެރިި މާހައުލެއްް ތިކަހަލަަ ކާނިވާތައްް ގިނަގިނައިންް ފެންނަންފެށީމާާ ގައުމުދަތުރުކުރާާ މިސްރާބުު ވަރައްް ސާފުު އެކުވެރިކަމަކީީ ގަދަފަދަބާރެއްް އަނިޔާވެރިވެރިކަމަކީީ ނިކަމެތިކަމެއް