ޚަބަރު

ކޮވިޑް-19ގެ ވާހަކަ ރައީސް ޔާމީން ނުދެއްކެވުމުން ވައްޑެ ރުޅިގަދަވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެ އަހަރަށް ފަހު ސަޕޯޓަރުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ކޮވިޑް-19 ވާހަކަ ނުގެންނެވުމުން، އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ފާޑު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ހުކުމް ޖަލު ހުކުމް ސްޕީމް ކޯޓުން ބާތިލް ކުރުމުން، ރައީސް ޔާމީން ވަނީ ދެ އަހަރަށް ފަހު ޖަލުން މިނިވަންވެ ވަޑައިގެންފައެވެ. ރައީސް ޔާމީން މިނިވަންވެ ވަޑައިގަތުން ރޭ އިދިކޮޅުން ކާނިވަލް ސަރަހައްދުގައި ބޮޑު ޖަލްސާއެއް ވަނީ ބާއްވައިފައެވެ. މި ޖަލްސާގައި ރައީސް ޔާމީން ވަނީ ގަޑިއިރެއް ވަންދެން ވާހަކަފުޅު ދައްކަވައިފައެވެ. ރައީސް ޔާމީންގެ ވާހަކަފުޅު އަމާޒު ކުރެއްވީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށާއި ޝަރުއީ ދާއިރާއަށެވެ. ޝަރުއީ ދާއިރާއަށް ރޭގެ ޖަލްސާގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވިއިރު، ސަރުކާރުގެ ސިޔާސަތުތަކުން ޤައުމަށް ގެއްލުންވާނެ ކަމަށް ވިދާޅުވިއެވެ. އަދި "އިންޑިއާ އައުޓް" ކެންޕެއިނަކީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ހިންގާ ކެންޕެއިނެއް ކަމަށާއި ރަސްމީކޮށް އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ރައީސް ޔާމީން ވަނީ ގޮވައިލައްވައިފައެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ގިނަ ދުވަސްތަކަކަށް ފަހު ޕޯޑިއަމަކުން ރައީސް ޔާމީން ފެނިގެން ދިޔައިރު، ވައްޑެ ވިދާޅުވީ ވެރިކަން ކުރެއްވި ކުރީގެ ރައީސެއް ދުވަސްތަކަކަށް ފަހު ރައްޔިތުންނާ މުޚާތަބް ކުރެއްވިއިރު، ބަލިމަޑު ކަމެއްގެ ތެރޭގައި ދިވެހިން ދެ އަހަރު ދުވަސް ހޭދަ ކުރިއިރު، އެކަމަށް އަލި އަޅުވައިނުލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، މުޅިޤައުމު އުފުލި ދަތިއުނދަގުލާއި، އެތައް ދިވެހީންނެއް މިބަލީގައި ދުނިޔެ ދޫކޮށް ގޮސްފައިވާކަން ފާހަގަކޮށްނުލުން ވަރަށް އައިބު ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ. އަދި ދެއަހަރު ވަންދެން މުޅި ޤައުމާއި ރައްޔިތުން އުފުލި ތަކުލީފުގެ ވާހަކަ ހަވާސާ ކޮށްލުމަކީ، އަމިއްލަ އެދުން ނޫން ކަމެއް ނެތްކަމުގެ ސާފު ހެއްކެއް ކަމަށް ވައްޑެ ވިދާޅުވިއެވެ. ވައްޑެ ވިދާޅުވީ، ރައީސް ޔާމީން ގަޑި ދެގަޑި އިރު ވަންދެން ދެއްކެވީ އަމިއްލަ ‘އީގޯ’ގެ ވާހަކަ ކަމަށެވެ.

ވައްޑެގެ މި ވާހަކަތަކަށް ވެސް ގިނަ ބަޔަކު ރައްދު ދީފައި ވެއެވެ، އެގޮތުން ބައެއް މީހުން ބުނެފައި ވަނީ ކޮވިޑްގެ ވާހަކަތައް ރައީސް ޔާމީން ނުދެއްކެވީ ރަނގަޅަކަށް ކަމަށާއި އެ ވާހަކަތައް ދައްކާ ނަމަ ދައްކަން ޖެހޭނީ ވެންޓިލޭޓަރުގެ ވައްކަން ފަދަ ވާހަކަތައް ކަމަށެވެ.

  1. ވައްޑެ ބަފާ

    ދަރިފުޅާ ހެޔޮ ނުވާނެ އަނގަ ހިމޭނުންލައިން ހުރެބަލަ. ކަލޭ ތީ އަޅެ ކާކުތަ ޔާމީންގެ ވާހަކަ ދައްކަން. ބޯ ހަލާކު

  2. މޮޔަސޮރު

    ކަލެޔަކައްނޭނގޭނެެ ރައީސްް ޔާމީންް ދައްކަވަންް ޖެހޭނެެ ވާހަކަފުޅެއްް ރޭގެެ ތަގްރީރުު އަޑުއަހާފަަ މައިތިރިނާރައިގެންދޯތިތެޅެނީީ ތިކަހަލަަ ލަދުހަޔާތްް ކެޑިގެންއުޅޭޭ އެއްޗެއްނޫންް ރައީސްް ޔާމީނަކީީ ދެންވެސްް މޮޔަނުގޮވާާ މައިތިރިވެގެންް ހުރޭޭ ފެންނަހާމީހަކާާ ތިގޮތައްް ޖައްސާގަތުމަކީީ ހުތުރުކަމެއްް

  3. ދޮންބެ

    ބަލަތިޔަގޮތައްމީހުންނާދިމާކުރާނަމަތިބާގެދަރިނިކުންނާނީ
    ތިބާޔާދިމާކުރަން މީހިގާފާހުރިހަގީގަތް

  4. މަރުހަބާ

    މަނިކުފާނު ހީފުޅުކުރެއްވީ ރައީސްޔާމީން އެއީ ޑޮކްޓަރ އެއްކަމަށްތޯ ރައީސް ޔާމީން އެއީ ސިޔާސީ ބޭފުޅެއް އިގޭތޯ އުޅިވަޑައި ނުގައްނަވާ

  5. އެމީހާ

    ބަލަމިހިރަމީހާ ޔާމީން ދައްކަންޖެހޭވާހަކައާއި ދައްކައް ޖެހޭ ވާހަކައާއި ދައްކަންނުޖެހޭވާހަކަ އެގޭނީކަލެއަކައްނޫ ދައްކަ ންޖެހޭވާހަކަ އެއޮތީދައްކާފައި ދެންކީއްކުރެވޭނީ !!!!!!