ޚަބަރު

ރައީސް ޔާމީންގެ ވައުދެއް: ހިޔާ ފްލެޓްގެ އަގު ކުޑަކޮށްދޭނަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް އަބްދުﷲ ޔާމީން އަބްދުއްޤައްޔޫމް އަނބުރާ ވެރިކަމަށް ވަޑައިގަނެވިއްޖެ ނަމަ، ހިޔާ ފްލެޓްގެ އަގު ކުޑަކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފިއެވެ.

Ads by Hajj Corporation

ހިޔާ ފްލެޓްގެ އަގުތައް މި ސަރުކާރުން ބަދަލުކުރި ފަހުން މިހާރު ، 25 އަހަރުގެ މުއްދަތަށް ބަހައިލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ ދައްކަން ޖެހެއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ހިޔާ ފްލެޓްގެ އަގުތައް ކަމަށް އޭރު ކަނޑައަޅައިފައި އޮތީ، 5،600 ރުފިޔާއެވެ. ރައީސް ޔާމީން ވިދާޅުވީ، ހިޔާ ފްލެޓްގެ އަގު، އެ ވަރަށް ތިރިކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ކޮތަރު ކޮށީގެ އަހުލުވެރިންނަށް، އަޅުގަނޑުމެންގެ ބައިވެރިންނަށް ދަންނަވައިލަން ބޭނުން ވަނީ. ﷲގެ ރަޙްމަތާ އެކީ ޕީޕީއެމްގެ ސަރުކާރެއް އައިސްފި ކަމަށް ވަންޏާ، އެމީހުންގެ އުދާސްތަކާއި ކެކުޅުންތަކަށް ޖަވާބުދާރީ ވާނަމޭ، އިޖާބަ ދޭނަމޭ" މިރޭ ކާނިވަލް ސަރަހައްދުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ފްލެޓްގެ އަގުތައް ހިއްލޭ ފަދަ އެއްވެސް ކަމެއް ދިމާ ނުވާ ކަމަށާއި، އަގު ބޮޑު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ދަށްވީ، ދިވެހި ފައިސާގެ އަގު ކަމަށާއި އެކަން ދިމާވީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން، ފައިސާ ޗާޕް ކުރުމުން ކަމަށެވެ.

މިރޭގެ ޖަލްސާ ފުރަތަމަ ބާއްވަން ނިންމައިފައި އޮތީ ހުޅުމާލޭ ދެވަނަ ފޭސްގެ ހިޔާ ފްލެޓް ސަރަަހައްދުގައެވެ. އެހެން ނަމަވެސް ހުޅުމާލޭގައި ޖަލްސާ ބާއްވަން އެޗްޑީސީއިން ހުއްދައެއް ނުދިނިއެވެ. މިކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ފާޑު ވިދާޅުވެފައެވެ.

"އިދިކޮޅުގައި ތިބިއިރު، މުޒާހަރާތަކުގައި މަގުމަތީގައި، އިދިކޮޅުގައި ތިބިއިރު، އެމީހުންނަށް އެއްވުން މަނާ ހަމަ އެއްވެސް ސަރަހައްދެއް ނެތް. އެހެން ނަމަވެސް ގިނަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްގައި، އެ ރައްޔިތުންނަށް މެސެޖްތަކެއް ދޭން ބޭނުންވީމަ، އަދި އެމީހުންނާ އެކީ ވަގުތު ކޮޅެއް ހޭދަކޮށްލާ، އެތަނަށް ޒިޔާރަތްކޮށްލަން ބޭނުންވީމަ އެމީހުންނަށް ހަޖަމެއް ނުވި" ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއަކީ ނަމުން ކިތަންމެ ޑިމޮކްރަޓިކް އަކަސް، ކަމުން ހިޕޮކޮރައިޓް (ބަހާއި އަމަލާ ދިމާނުވާ) ބައެއް ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭއްގެ ކްރެޑިޓް އެހެން ބަޔަކަށް ނަގާކަށް މާ ފަސޭހަ ނުވާނެ ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި މަސައްކަތް ކުރެއްވީ އަމާޒަކާ އެކު، ރައްޔިތުންގެ މައްސަލަތައް ހައްލުކޮށްދެން ކަމަށެވެ.

"މިއީ އަމާޒުތަކެއް އޮވެގެން، ޒުވާނުން އުޅޭ ހާލަތު އެނގިގެން، ހައްލުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ޤަބޫލު ކުރެވޭތީ ކުރި މަސައްކަތެއް. ސަރުކާރުގެ ޒިންމާއަކީ ރައްޔިތުންނަށް އެންމެ ދަތިވާ ކަންތައް ފުއްދައިދިނުން." ރާއީސް ޔާމީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ބައިނަލް އަޤްވާމީ ކޮންވެކްޝަނަލް ސެންޓަރުތަކާއި ޔޮޓް މެރީނާތައް ވެސް ހެދުން ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކަށްވީ މިކަން ކޮތަރު ކޮށިތަކަކުން ނިންމައިލުމެއް ނޫން."

ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވަނީ، މި ސަރުކާރުން ކަންކުރަން ނޭނގެނީތޯ، ނުވަތަ ދިވެހިންގެ އަސާސީ ބޭނުންތަކަށް ފަރުވާލެއް ނެތީތޯ ސުވާލު ކުރައްވައިފައެވެ. މިގޮތަށް ވިދާޅުވެފައި ވަނީ، ޗައިނާއިން ދޭން ނިންމައިފައި އޮތް ލޯނު، ނުދިނުމަށް ޗައިނާގެ ކުންފުނިން ނިންމި ނިންމުމާ ގުޅިގެންނެވެ.

"ލޯނު ކަންފާމްކޮށް، ފައިސާ ކަންފާންކޮށްފައި އޮތް 1،500 ފްލެޓް، މި ސަރުކާރު ކަންނެތް ކަމުން، ނޫނިއްޔާ ރައްޔިތުންނަށް އަޅައިލާން ބޭނުން ނުވާ މިންވަރުން. ލޯނު ހަމަޖެހި ދެ އަހަރު ތިން އަހަރު ވެގެންދާއިރު، އެ ލޯނު ހަމަޖެހިފައި ނެތީމަ، އެ ލޯނު ކެންސަލް ވެގެން ދިޔައީ"

Ads by HDC
  1. ބޭބެ

    ވައްކަންނުކުރިނަމަ އަހަރަމެންނަށް ހިޔާ ފްލެޓަށް ބޮޑުކުލި ދައްކަންނުޖެހޭނެ. ދެންވެސްކުރާޏީ ވައްކަން . ވައްކަމުގައި ހއްދަު ފަހަނައަލާފައި ހުރި މީހެއް ޔާމިނަކީ. އިރާދަކުރެއްވިއްޔާ ޔީމީނެއް ދެން ވަރިކަމަކަށް ނާންނާނެ.

  2. ައަހާ

    ކަލޯއަދިވެސްްގައުމުދިރުވާލާނީއެތަނަކީކަލޯމެންޚިޔާނާތްތެރިވެފައިއޮތްތަނެއް